ދޮންބައްޕަ ނުވަތަ ލޯބިވެރިޔާގެ ބަހަށް ހެއްލެވި ދަރިންނަށް އިހާނެތިކޮށް ހިތުމުގެ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި ވެސް ކުރިމަތިވެއެވެ. އަޅުގަނޑު އެދެނީ މި ވީޑިއޯ ބައްލަވައި ލެއްވުމެވެ. ޢިބްރްތަކަށް ފުދޭނެ ކަމަށް ހީކުރަމެވެ.
ވީޑިއޯއަށް ބެލުމުން ފެންނަނީ އަންހެނަކު ކުޑަކުޑަ ކުއްޖަކު ގެއްލުވާލަން މަސައްކަތްކުރާތަނެވެ. ހަމައެވަގުތު ބައަކަށް އެތަންފެނި ކުއްޖާ ސަލާމަތްކުރާތަނެވެ. ދެން ފެންނަނީ އެކުއްޖާ ގެއްލުވާލަން މަސައްކަތްކުރިނަމަވެސް މަންމައާއި އަދި މަންމަގެ ލޯބިވެރިޔާ އާއިމެދު އެކުއްޖާގެ ހިތުގައި އުފެދިފައިވާ ލޯތްބެވެ!
ޙަޤީޤަތަކީ މައިންގެ ހިތުގައި ދަރިންނަށްވެސް ކުލުނު އުފެދޭ ފަދައިން ދަރިންގެ ހިތުގައިވެސް މައިންނަށް ކުލުނު އުފެދޭކަމެވެ. މަދުން ނަމަވެސް ދިމާވާ ކަމަކީ އެކުލުނުގެ އަގު ވަޒަން ނުކުރެވުމެވެ!
(އަޅުގަނޑު ކޮމެންޓް ލިޔެފައި އެވަނީ ވީޑިއޯގައި ދައްކާ ވާހަކައަށް ބަލައިގެނެއް ނޫނެވެ. ފެންނަ މަންޒަރަށް ބަލައިގެނެވެ.)
ގުޅުންހުރި ވީޑިއޯ:
https://www.facebook.com/watch/?v=659181738498516&extid=CL-UNK-UNK-UNK-AN_GK0T-GK1C&ref=sharing