ބައިތުލް މަޤްދިސްއަކީ (ވަކި މިސްކިތެއްގައި އަޅުކަން ކުރުމުގެ ޤަޞްދުގައި) ދަތުރު ހަދައިގެން އެމިސްކިތްތަކަށް ދިއުން ހުއްދަ ކުރައްވާފައިވާ 3 މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ.
އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«لاَ تُشَدُّ الرِّحَالُ إِلَّا إِلَى ثَلاَثَةِ مَسَاجِدَ: المَسْجِدِ الحَرَامِ، وَمَسْجِدِ الرَّسُولِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَمَسْجِدِ الأَقْصَى» [رواه البخاري 1189 ومسلم 1397]
މާނައީ: "(ވަކި މިސްކިތެއްގައި އަޅުކަން ކުރުމުގެ ޤަޞްދުގައި) ތިން މިސްކިތަކަށް ފިޔަވާ ދަތުރުހަދައިގެން ދިޔުމެއް ނުވެއެވެ. އެއީ މަސްޖިދުލް ޙަރާމް އާއި ރަސޫލުﷲ صلى الله عليه وسلم ގެ މިސްކިތާއި މަސްޖިދުލް އަޤްޞާއެވެ."
މިތިން މިސްކިތް ފިޔަވާ މިބިމުގައިވާ އެއްވެސް ތަނަކަށް، އަޅުކަން ކުރުމަށް ޤަޞްދުކޮށް ދަތުރު ހަދައިގެން ދިއުން ހުއްދަވެގެން ނުވެއެވެ.
- އަލް އުޚްތު އުންމު ޢަބްދިﷲ
(މިލިޔުމަކީ މިމަހުގެ 25) އިން މާރިޗް މަހުގެ 4 އަށް މުޅި ދުނިޔޭގައި ބައިނަލްއަޤްވާމީ އަލް ޤުދުސް ހަފްތާގައި މިއަދުނޫހުން ބައިވެރިވުމުގެ ގޮތުން ޝާއިޢުކުރާނެ ލިޔުންތަކުގެ ތެރެއިން ލިޔުމެކެވެ.)
