ކުޑަކުދިން ހަލަނިވެ އެއްގޮތަކަށްވެސް ކިޔަވަންނޫޅުމަކީ ކޮންކަހަލަކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކުޑަކުދިން ހަލަނިވެ އެއްގޮތަކަށްވެސް ކިޔަވަންނޫޅުމަކީ ކޮންކަހަލަކަމެއްތޯ؟

ސ: ކުޑަކުދިން ކިޔަވަންނޫޅެ ހަލަނިވެ އުޅުމަށް މިޒާޖްއައިސް ކިޔެވުމަށް އެއްގޮތަކަށްވެސް ނޫޅެ އުޅުމަކީ ކޮންކަހަލަކަމެއްތޯ؟ 

ޖ: ކުދިން ކިޔަވަން ނޫޅުމުގައި އޭގަ ފަހަރެއްގައި ވެދާނެކަމެއް އެއީ އެކުދިންގެ މާޙައުލު ތަންދޭގޮތުން އެހާކިޔެވުމުގެ މާޙައުލަކަށް ނުވުން. މިހާރު ކުރިން ވަރަށް ރަނގަޅަށް ކިޔަވަމުންއައި ކުއްޖަކު ކުއްލިއަކަށް ކިޔެވުން ފަހަތަށް ޖެހިއްޖެކަމުގައި ވަނީނަމަ އެހިސާބުން ދެން ޝައްކު ކުރެވިދާނެ އެކަމުގައި އެސްފިއްނާއެއް އުޅެނީކަމަށް. އެކަމަކު އެއްގޮތަކަށްވެސް ފެށުނީއްސުރެ ކިޔެވުމުގެ ޝަޢުޤުވެރިކަމެއް ނެތްކުއްޖެއްކަމުގައި ވަނީނަމަ އެފަދަ ކަމަކަށް ޝައްކު ކުރުމުގެ ޖާގަ ވަރަށްކުޑަ. 

އޭގެ ބަދަލުގައި އެކުއްޖާގެ ވަށައިގެންވާ މާޙައުލުގައި ކަންތައްތައް ވާގޮތް އެކުއްޖާގެ ވަށައިގެންވާ މާޙައުލުގައި ކިޔަވާކުދިން ތިބިތޯ އެކުދިން އެކުއްޖާއަށް ނަމޫނާ ފެންނަނީ ކިޔަވާކުދިން ތަކެއްގެ ނަމޫނާތޯ ނުވަތަ އެހެން ނަމޫނާއެއްތޯ އަދި މައިން ބަފައިންގެ ތެރޭގައި ޒުވާބު ކުރުމާ އެކަހަލަ އެކުއްޖާއަށް ނޭދެވޭ އަސަރުކުރާ ކަހަލަ ކަންތައްތަކެއް ހުރިތޯ މިކަހަލަ ކަންތައްތަކެއް ޔަޤީން ކުރުމަށް ފަހުގައި ނޫނިއްޔާ ތިކަމުގައި ސީދާ ކަނޑައެޅިގެން އެއްޗެއް ދަންނަވަން ވަރަށް އުނދަގޫވާނެ. 

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ކުދިން ކިޔަވާހިތްނުވެ، ކިޔަވަން ފޫހިވެ، ކިޔަވަން ނޫޅޭނަމަ "މައިން ބަފައިންގެ ތެރޭގައި ޒުވާބު ކުރުމާ އެކަހަލަ އެކުއްޖާއަށް ނޭދެވޭ އަސަރުކުރާ ކަހަލަ ކަންތައްތަކެއް ހުރިތޯ؟" ބަލަން ޖެހޭނެކަމަށް ވިދާޅުވެފައިވާ ބަސްފުޅަށް ބެލެނިވެރިން ޚާއްޞަ ސަމާލުކަމެއް ދެއްވުން ވަރަށް މުހިންމު ކަމަށް ދަންނަވަމެވެ. 

ޝައިޚްގެ މިބަސްފުޅުން އެނގިގެން މިދަނީ މައިންބަފައިން ޒުވާބުކުރުން ފަދަ ކަންކަން ކުރާކަން ދަރިންނަށް އެނގޭނަމަ އެއީ ދަރިން ކިޔެވުމާއި ދުރުހެލިވަން މެދުވެރިވެދާނެ ސަބަބެއް ކަމެވެ. ހަމައެއާއިއެކު ދަރިންއެކުގައި އުޅޭ ކުދިންނާއި އެއް މާޙައުލެއްގައި އުޅޭ ކުދިންގެ ސަބަބުންވެސް ދަރިން ކިޔެވުމާއި ދުރުހެލިވެދާނެ ކަމެވެ.

 

 

މިއަދު އޮންލައިން