އަޅަކު މިނިވަންކުރުމަށްވުރެ "އެއަޅު މައިފުށުގެ ބޮޑުބޭބެއިންގެ ތެރެއިން މީހަކަށް ދެއްވިނަމަ މާގިނަ ޘަވާބާއި ދަރުމަ ލިބިއްޖައީހެވެ."

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އަޅަކު މިނިވަންކުރުމަށްވުރެ "އެއަޅު މައިފުށުގެ ބޮޑުބޭބެއިންގެ ތެރެއިން މީހަކަށް ދެއްވިނަމަ މާގިނަ ޘަވާބާއި ދަރުމަ ލިބިއްޖައީހެވެ."

މި ޙަދީޘްފުޅަކީ މިއަދުނޫހުގެ މިއަދުގެ ޢަދަދުގައި މައިމޫނަތުގެފާނުގެ ސިޔަރަތު ސިލްސިލާގައި ޝާއިޢު ކުރެވިފައިވާ ޙަދީޘްފުޅެކެވެ. މި ހަދީޘްފުޅަކީ ވަރަށް މުހިންމު އަދި ފައިދާހުރި ޙަދީޘްފުޅަކަށްވާތީ ކިޔުންތެރިންނަށްޓަކައި ވަކިން ފާހަގަކޮށްލީއެވެ. ގާތް ތިމާގެ މީހުންނަށް ޞަދަޤާތް ކުރުމުގެ މުހިންމުކަން އެނގިގެންދާތީއެވެ. ޚާއްޞަކޮށް މައިފުށުގެ ގާތްތިމާގެ މީހުންނަށެވެ! 

އަޅުން މިނިވަން ކުރުމަކީ ވަރަށް ގިނަ ޘަވާބު ލިބޭ ކަމެކެވެ. އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވައިފައިވާ ކަމެކެވެ. އަޅުން މިނިވަން ކުރުމަކީ أمّ المؤمنين  ميمونة رضى اللّـه عنــها ވަރަށް ޝައުޤުވެރިވެވަޑައިގެންނެވިއެވެ. 

އެއްފަހަރަކު أمّ المؤمنين  ميمونة رضى اللّـه عنــها  އެކަމަނާ ގެންގުޅުއްވި އަޅު އަންހެންކުއްޖަކު މާތް ގެ ވަޖުޙުފުޅަށްޓަކައި މިނިވަން ކުރެއްވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ އަރިހުގައި ހުންނަވާ ދުވަސް އައުމުން އެކަމަނާ އެވާހަކަ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވިދާޅުވިއެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. 

" وَلَوْ وَصَلْتِ بَعْضَ أَخْوَالِكِ كَانَ أَعْظَمَ لأَجْرِكِ " { صحيح البخاري،كتاب الهبة وفضلها والتحريض عليها، باب بِمَنْ يُبْدَأُ بِالْهَدِيَّةِ، ޙަދީޘް 2594}

[ކަމަނާ އެ އަޅުއަންހެން ކުއްޖާ، ކަމަނާގެ މައިފުށުގެ ބޮޑުބޭބެއިންގެ ތެރެއިން މީހަކަށް ދެއްވިނަމަ މާގިނަ ޘަވާބާއި ދަރުމަ ލިބިއްޖައީހެވެ.]

 

މިއަދު އޮންލައިން