އިސްރާއާއި މިޢުރާޖުގެ ރޭ، ނަބިއްޔާ صلى الله عليه وسلم އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް އަޤްޞާއަށް ވަޑައިގެންނެވިއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى﴾ [سورة الإسراء ١]
މާނައީ: "އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް އަޤްޞާއަށް އެއިލާހުގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ."
އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅުގައި ރަސޫލް (ﷺ) ވަނީ މަސްޖިދުލްއަޤްޞާގައި ހުރިހާ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންނާއިގެން އިމާމްވެ ނަމާދުކުރައްވަވައިފައެވެ.
(މިލިޔުމަކީ މާދަމާ (މިމަހުގެ 25) އިން މާރިޗް މަހުގެ 4 އަށް މުޅި ދުނިޔޭގައި ބައިނަލްއަޤްވާމީ އަލް ޤުދުސް ހަފްތާގައި މިއަދުނޫހުން ބައިވެރިވުމުގެ ގޮތުން ޝާއިޢުކުރާނެ ލިޔުންތަކުގެ ތެރެއިން ލިޔުމެކެވެ.)
