އެއުޅެނީ ޓެރަރިސްޓް އިޒްރޭލާ ދެކޮޅަށްވެސް ބަސްބުނުން ހުއްޓުވައި މުސްލިމް ދިވެހި ރައްޔިތުންގެ ދޫތައް ތަޅުލަން!: ޝައިޚް ޒަމްޒަމް ފާރިޝް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އެއުޅެނީ ޓެރަރިސްޓް އިޒްރޭލާ ދެކޮޅަށްވެސް ބަސްބުނުން ހުއްޓުވައި މުސްލިމް ދިވެހި ރައްޔިތުންގެ ދޫތައް ތަޅުލަން!: ޝައިޚް ޒަމްޒަމް ފާރިޝް

"ހުއްޓުވަން ކަމަށް ބުނެ، ރައްޔިރުންގެ ދޫތައް ތަޅުލައި މުޅި ޤައުމު އަޅުވެތިކުރަން އެހަދަން އުޅޭ ޤާނޫނު ފާސްކުރާ ހިސާބުން ދިވެހިރާއްޖޭގެ މިނިވަންކަން އެހިސާބުން އެދިޔައީ ޚަތަމް ވެގެން. މިއީ އެބުނާ ދޮން މީހުންގެ އެހީގައި ހިންގާ ޚިޔާނާތެކެވެ. އޭގެ ސަބަބުން ޓެރަރިސްޓް އިޒްލޭރާ ދެކޮޅަށް ވެސް ބަހެއް ބުނާ މީހާ ކުށްވެރި ކުރެވޭނެއެވެ. އެޖަރީމާގައި ބައިވެރިވާ އެންމެންނާއި އެކަމަށް އެއްވެސް ގޮތަކުން އިންކާރު ނުކުރާ އެންމެންނާއި އެކަން ހިންގާކަން ނުދެނަހުރި ކަމަށް ހެދިގެން އުޅޭ އެންމެން އެވަނީ މި އިސްލާމީ ޤައުމަށް ޣައްދާރުވެފައެވެ. އެންމެ ބޮޑު ބަޣާވާތް ކޮށްފައެވެ. މާތް ﷲ އެ އެންމެންނަށް ކޯފާ ލައްވައި ތަހަންމަލު ނުކުރެވޭ ވަރުގެ ވޭން ހުރި ހިތި ނިމުމެއް ކުރިމަތި ކުރައްވާށިއެވެ. އަދި އެކަން ދެން ތިބީންގެ ލޯތަކަށް ދައްކަވާށިއެވެ. އާމީން."

"ރާއްޖޭގެ ޑިފެންސް މިނިސްޓަރުގެ ބަސްތަކުން ރައްޔިތުންގެ ބިރުވެރިކަން އިންތިހާއަށް އިތުރުވެ، ހާސްކަން ހައްތަހާ ވަނީ ބޮޑެވެ. މި ވާހަކަތަކުގައި އިންޑިޔާގެ ޢަސްކަރިއްޔާ ގެ ދަށަށް ރާއްޖެ ގެނައުމަށް ޕްލޭން ކުރެވިފައިވާ ވަސްވެސް ދޮވާންފަށައިފިއެވެ."

- ޝައިޚް ޒަމްޒަމް ފާރިޝް 

"އިންޑިއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގަ ގޯހެއް ނޫޅޭނަމަ އިންޑިއާ އައުޓް ކެމްޕެއިން އިން ޤައުމީ ސަލާމަތަށް ނުރައްކާވާން ޖެހޭ ސަބަބެއް ނުވިސްނޭ. ކުޑަކުދިންގާތު ދައްކާކަހަލަ ވާހަކަ ނުދައްކާ އިންޑިއާ ސިފައިން ބޭރުކުރޭ! ރައްޔިތުން ނުކުމެ ބޭރު ކުރަން ވީމަ މަންޒަރު ރީޗެއްނުވާނެ." 

(މިއީ ޝައިޚް ޒަމްޒަމް ފާރިޝް ރީޓްވީޓް ކުރައްވާފައިވާ މުޙައްމަދު ނަޝީދު ޢަބްދުﷲގެ ބަސްފުޅެކެވެ.)

މިއަދު އޮންލައިން