އިބްނު ތައިމިއްޔާގެ ޖަނާޒާ: ފަސްލައްކައަށްވުރެ ގިނަ މީހުން ބައިވެރިވި-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
އިބްނު ތައިމިއްޔާގެ ޖަނާޒާ: ފަސްލައްކައަށްވުރެ ގިނަ މީހުން ބައިވެރިވި-

އަވަހާރަވުން: 

ابن تيميَّة رحمه اللّـه ގެ ޙަޔާތްޕުޅުގައި އެކަލެގެފާނު އެތައް ފަހަރު ހައްޔަރުކުރެވި ޖަލަށް ލެވުނެވެ. އޭގެ އެންމެ ބޮޑު އެއްސަބަބަކީ އެޒަމާނުގައި އުޅުނު ބައެއް ޢިލްމުވެރިންނާއި ގާޒީން އެކަލޭގެފާނަށް ޙަސަދަވެރިވުމެވެ. އެކަލޭގެފާނު މިފަނާވަނިވި ދުނިޔެއާ އަލްވަދާއު ވިދާޅުވީވެސް ޖަލުގައި ހުންނަވަނިކޮށެވެ. އެކަލޭގެފާނު އަވަހާރަވީ 22 ޛުލްޤައިދާ ހިޖުރައިން 728 ވަނަ އަހަރުގެ ތެރޭގައި ދިމިޝްޤުގައެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ 67 އަހަރުފުޅެވެ. 

އެކަލޭގެފާނުގެ ޖަނާޒާގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވިކަމަށް ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނުގެ ޖަނާޒާގައި 500،000 ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މުއައްރިޚުން ބަޔާން ކުރައްވައެވެ. މުއައްރިޚުން ބަޔާން ކުރައްވާ ގޮތުގައި އިމާމު އަޙްމަދު ފިޔަވައި އެންމެ ގިނަ ބަޔަކު އެބޭކަލެއްގެ ޖަނާޒާގައި ބައިވެރިވިކަމަށް ތާރީޚު ހެކިދޭ ބޭކަލަކީ ابن تيميَّة رحمه اللّـه އެވެ. 

ابن تيميَّة رحمه اللّـه ގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދުފުޅު ކުރެއްވީ އެކަލޭގެފާނުގެ އަޚު زين الدين عبد الرحمن އެވެ. އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރެވުނީ އެދުވަހުގެ މެންދުރުގެ ވަގުތުގައެވެ. ނަމަވެސް ކުރިންދެންނެވި ފަދައިން މީހުން ގިނަކަމުން ފަސްދާނުލެވުނީ ޢަޞްރު ވަގުތު ދާދި ގާތްވެފައި ވަނިކޮށެވެ. އެކަލޭގެފާނު ފަސްދާނުވެޑުވިފައިވަނީ އެކަލޭގެފާނުގެ އަޚް شرف الدين عبد اللّـه ގެ އަރިހުގައެވެ. 

ޙަވާލާ:

1. أبو حفص عمر بن علي البزار ލިޔުއްވައިފައިވާ لأعلام العلية في مناقب شيخ الإسلام ابن تيمية މިފޮތުގެ އިނގިރޭސި ތަރުޖަމާ {The Lofty Virtues of. Ibn Taymiyyah }

 

 

މިއަދު އޮންލައިން