ތިބާ ތިއަހުރީ އެންމެ ރިވެތި ސޫރައިގައެވެ. އިތުރަށް ރީތިވާން ވަގުތާ ފައިސާ ހޭދަނުކޮށް ނަރަކައިގެ އެންމެ އަޑީން ތެދުވަން މަސައްކަތްފަށާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ތިބާ ތިއަހުރީ އެންމެ ރިވެތި ސޫރައިގައެވެ. އިތުރަށް ރީތިވާން ވަގުތާ ފައިސާ ހޭދަނުކޮށް ނަރަކައިގެ އެންމެ އަޑީން ތެދުވަން މަސައްކަތްފަށާށެވެ!

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި ސޫރައިގައި އިންސާނާ ހެއްދެވީމެވެ."

"ދެން ތިމަންރަސްކަލާނގެ، އެ އިންސާނާ (ނަރަކައިގެ) އަޑީގެ އެންމެ އަޑިޔަށް ރައްދުކުރެއްވީމެވެ."

" އީމާންވެ ޞާލިޙް ޢަމަލުތައްކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް، ކެނޑިގެން ނުދާނޭ ދަރުމަ ހުއްޓެވެ."

(އައްތީން: 4،5،6) 

"ﷲ ތަޢާލާ ގެ އާޔަތްތައް ވަރަށް ކުރުނަމަވެސް މާނަ ވަރަށް ސާފެވެ. އޭ އިންސާނާއެވެ. ތިމަން ﷲ ތިއަ އިންސާނާ އުފައްދަވާފައިވާނީ އެންމެ ރިވެތި ސޫރައިގައެވެ."  

އެހެންކްމަށްވާއިރު އިތުރަށް ރީތިކުރަން އަޅުގަނޑުމެން އިންސާނުންނަށް ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟ މިބަހުގެ މާނައަކީ ﷲ ތަޢާލާ އުފެއްދެވި ސިފަ ބަދަލުކޮށް ރީތިވާންކުރާ މަސައްކަތުން ލިބޭނެ ހަޤީޤީ އެއްވެސް ފައިދާއެއް ނެތްކަމެވެ. ލިބޭނީ ގެއްލުންކަމެވެ. ވީމާ ރީތިވާން މަސައްކަތްކުރުމުގެ ބަދަލުގައި މަސައްކަތްކުރަންވީ ނަރަކައިގެ އެންމެ އަޑީން ސަލާމަތްވުމަށެވެ.  

"ދެން ތިމަންރަސްކަލާނގެ، އެ އިންސާނާ (ނަރަކައިގެ) އަޑީގެ އެންމެ އަޑިޔަށް ރައްދުކުރެއްވީމެވެ." މިފަދައިން ވަޙީޚުރެއްވެވުމަށްފަހު ދެން މި ވަޙީކުރައްވަވަނީ " އީމާންވެ ޞާލިޙް ޢަމަލުތައްކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް، ކެނޑިގެން ނުދާނޭ ދަރުމަ ހުއްޓެވެ." 

ވީމާ ސިފަކުރަންވީ އަހަރެމެން މިވަނީ ނަރަކައިގެ އެންމެ އަޑީގައިކަމަށެވެ. އެތަނުން ސަލާމްތަވެވެން އޮތީ ހެޔޮ ޢަމަލުތައްކޮށްގެން ކަމެވެ. މެދުކެނޑުމެއްނެތި ނަރަކައިގައި ގަދަފަދަ ޢަޛާބް ދެއްވަވާނެ ފަދައިން ސުވަރުގޭގައި ވަނީ އިންތިހާއަށް އުފާވެރިކަން ލިބުންވާ ނިޢްމަތްތައް ކަމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން