ދެއްވަވާ އަޖުރު ގިނަކަމުން މީޒާނަށްވެސް ނުލައްވަވައި އަޖުރު ދެއްވަވާނެ 3 ޢަމަލު

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 38ސ
ދެއްވަވާ އަޖުރު ގިނަކަމުން މީޒާނަށްވެސް ނުލައްވަވައި އަޖުރު ދެއްވަވާނެ 3 ޢަމަލު

މީސްތަކުންނަށް މާފުކުރުން: 

ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ﴾ [سورة الشورى 40]

މާނަ: "ފަހެ، (ނުބައިކަމެއް ކޮށްފިމީހާއަށް) ޢަފޫކޮށް، ޞުލްޙަވެރިވެގަތްމީހާގެ އަޖުރުވަނީ ﷲ ގެ ޙަޟްރަތުގައެވެ." 

ކެތްތެރިވުން

ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ﴾ [سورة الزمر 10]

މާނަ: "ކެތްތެރިންނަށް އެބައިމީހުންގެ އަޖުރު ދެއްވާހުށިކަން ކަށަވަރީ ޙިސާބެއް ނެތިއެވެ.” 

ރޯދަހިފުން

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«قَالَ اللَّهُ: كُلُّ عَمَلِ ابْنِ آدَمَ لَهُ، إِلَّا الصِّيَامَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ» [رواه البخاري برقم: 1904، ومسلم برقم:  163 – (1151)]

މާނައީ: "ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާ ކުރާ ކޮންމެ ޢަމަލެއްވެސްވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ފަހެ، ހަމަކަށަވަރުން އެރޯދަވަނީ ތިމަންއިލާހަށެވެ. އަދި އެރޯދައަށް ޖަޒާދެއްވާނީވެސް ތިމަންއިލާހީމެވެ." 

މިއީ ﷲ ގެ ޙަޟްރަތުން މަތިވެރި އަޖުރު ލިބޭނެކަން ޤުރުއާނާ ސުންނަތުން ޘާބިތުވާ ޢަމަލުތަކެކެވެ. އަދި އިސްވެ ދިޔަ ދަލީލުތަކަކީ މިޢަމަލުތަކުގެ މަތިވެރިކަން ހާމަކޮށްދޭ ޞައްޙަ ނައްޞުތަކެކެވެ. 

މިޢަމަލުތަކަކީ މީޒާނުގައި ނުކިރޭނެ ޢަމަލުތަކެއް ކަމަށްވެސް ބައެއް ޢަރަބި ލިޔުންތަކުގައި ބަޔާންކޮށްފައި ހުރެއެވެ. އަދި އެކަމާ ބެހޭގޮތުން ޙަދީޘެއްވެސް ޛިކުރުކުރެއެވެ. އެހެނަސް އެއީ ޙަދީޘްފޮތްތަކުގައި ވާރިދުވެފައިވާ ޙަދީޘެއް ނޫނެވެ.  

حديث: ((ثلاثة أعمـال لا تدخل الموازين يوم القيامة لعظمتهـا: الصوم, والصبر, والعفو عن الناس وينادي منادٍ يوم البعــث: أين الذين أجرهم على الله؟ فيُقبل الصائمون, والصابرون, والعافون عن الناس)).

الدرجةليس له وجود في كتب الحديث 

އަދި މިފަދަ ބައެއް ޢަމަލުތަކުގެ އަހުލުވެރިންނަކީ ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަންނާނެ ބައެއްކަމުގައިވެސް ޞައްޙަ ނޫން ބައެއް ޙަދީޘްގައި ވާރިދުވެފައި ވެއެވެ.  

މިލިޔުމުގައިވާ ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ޙަދީޘްއަކީ މިޢަމަލުތަކުގެ މަތިވެރިކަމަށް ދަލާލަތު ކުރާ ޞައްޙަ ނައްޞުތަކެކެވެ. އަޅަމެންނީ އެފަދަ މަތިވެރިކަން ޙާޞިލުވާނެ ބައެއްކަމުގައި ލައްވާށި! އާމީން. 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން