ކަންފަތް ތޮރުފައި ގަހަނާއެޅުމުގައި ހުއްދަ ކަންކަމާ ހުއްދަނޫން ކަންކަން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ކަންފަތް ތޮރުފައި ގަހަނާއެޅުމުގައި ހުއްދަ ކަންކަމާ ހުއްދަނޫން ކަންކަން: ޑރ. އިޔާޟް

ކަންފަތް ތޮރުފުމަކީ ޑޮކްޓަރީ ރައްކައުތެރިކަމާއިއެކު ކުރާނަމަ ކުރަން އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އަންނަނިވި 2 ޝަރުޠު ފުރިހަމަކުރަން ޖެހޭނެއެވެ.

އެއީ މަޙްރަމް ނޫން މީހުންނަށް ތިއަ ޒީނަތްތެރިކަން (ކަންފަތުގައި ލާތަކެތީގެ ޒީނަތްތެރިކަން) ނުދެއްކުމާއި ކާފިރު އަންހެނަކާއި ވައްތަރުވުމަށް ކުރެވޭ ކަމަކަށް ނުވުމެވެ.

ކާފިރުންނާއި އެއްގޮތް ވުމަކީ ހުއްދަކަމެއް ނޫނެވެ. ވީމާ މިގޮތަށް ވަކިމީހެއްގެ ސްޓައިލަށް ތަބަޢަވުމަށް ކަންފަތުގައި މުދިލުން ހުއްދައެއް ނުވާނެއެވެ. ދަލީލަކީ:

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "ބައަކާއި އެއްގޮތް ވެއްޖެ ނަމަ އޭނާ ވަނީ އެމީހުންގެތެރެއިންނެވެ."

މީގެ އިތުރުން ކަންފަތުގައި އެލުވާ ނުވަތަ ލާ އެއްޗަކީ ޞަލީބް ފަދަ އެއްޗަކަށްވެގެން ނުވާނެއެވެ. އަދި ކަންފަތުގައި މުދިލުމަކީ ފިރިހެނަކަށް ހުއްދަކަމެއް ނޫނެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން