ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ އިންތިހާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ޖެންޑަރ އިން ޢާންމުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 13ސ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ އިންތިހާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ޖެންޑަރ އިން ޢާންމުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ޢާންމުކޮށްފިއެވެ.

ޖެންޑަރ މިރަޖިސްޓްރީ ބުނެފައިވަނީ މި ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅާނީ 2022 ފެބުރުވަރީ 01 ވާ އަންގާރަ ދުވަހުން ފެށިގެން 2022 ފެބުރުވަރީ 02 ވާ ބުދަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު މިނިސްޓްރީ ވެބްސައިޓުންނާއި ދިވެހިސަރުކާރުގެ ގެޒެޓްއިން ލިބެން ހުންނާނެ ކަމުގައި ދެންނެވީމެވެ. ޝަކުވާ ހުށަހަޅާނީ މި މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ.

ޖެންޑަރ މިރަޖިސްޓްރީ ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، މިމިނިސްޓްރީގެ ވެބްސައިޓު (http://gender.gov.mv) އިން މި ރަޖިސްޓްރީ ޢާންމުކޮށް ފެންނަން ހުންނާނެއެވެ. 

މިއީ ޤާނޫނު ނަންބަރު: 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްއަށް، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންތިޚާބަކަށްވާއިރު ހަތަރު ދާއިރާއަކުން މެމްބަރުން އިންތިޚާބު ކުރާނެ އެވެ.

·  ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވުން

·  ނަފްސާނީ ބަލިތަކާއިބެހޭ ޞިއްޙީ ޙިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވުން

·  ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވުން

މި ހަތަރު ދާއިރާއިން މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2022 ފެބުރުވަރީ 19 ވާ ހޮނިހިރު ދުވަހުގެ 09:00 އިން 15:00 އަށެވެ. މީގެ އިތުރުން އިންތިޚާބު ގެ އުސޫލު އަދި އިންތިޚާބާއި ގުޅޭ އެންމެހާ މައުލޫމާތުތައް ގެޒެޓުގައި ވާނީ ޝާއިރު ކޮށްފައެވެ.

މިއަދު އޮންލައިން