މިއަދު އަލަށް 2689 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
މިއަދު އަލަށް 2689 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

މިއަދު ރާއްޖެއިން ކޮވިޑަށް 2689 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށްޕޮޒިޓިވްވީ 1296 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 994 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 20 މީހެކެވެ. އަދި ޕޮޒިޓިވްވި ތަނެއްނޭގި 379 މީހަކުވެސް ހިމެނެއެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 7013 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 115269 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 133288 އަށް އަރައިފައެވެ. މި ބައްޔަށް 17732 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 53 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 274 މީހުންނެވެ.

މިއަދު އޮންލައިން