ފެމިނިޒަމްގެ އިޞްޠިލާޙު އުފެދިގެން އައި ގޮތް-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ފެމިނިޒަމްގެ އިޞްޠިލާޙު އުފެދިގެން އައި ގޮތް-

ފެމިނިޒަމްގެ އިޞްޠިލާޙު ފުރަތަމަ ފާޅުވެގެން ދިޔަ ތާރީޚާމެދު ދިރާސާ ކުރައްވާ ބޭފުޅުންވަނީ އިޚްތިލާފު ވެފައެވެ. އެގޮތުން ސާރާ ގޭމްބްލް ދެކެލައްވާ ގޮތުގައި ފެމިނިޒަމްގެ އިޞްޠިލާޙު ފުރަތަމަ ބޭނުން ކުރެވިފައިވަނީ މީލާދީން 1895 ވަނަ އަހަރެވެ. އެއީ މިނިވަންކަމާއި ކައިވެނީގެ ހުރަސްތަކާ ދެކޮޅަށް މަސައްކަތްކުރާ އަންހެނުންގެ އައު ޖީލެއް ސިފަ ކުރުމުގެ ގޮތުން “އައު އަންހެނާ” (new woman) ގެ އިޞްޠިލާޙު ސާރާ ގްރޭންޑް ބޭނުން ކުރަންފެށިތާ އަހަރެއް ފަހެވެ. 

ފެނިމިޒަމްގެ އިޞްޠިލާޙު ފުރަތަމަ ބޭނުންކުރީ ޗާލްސް ފޯރިއަރ ކަމަށްވެސް ބައެއް ބޭފުޅުން ދެކެލައްވައެވެ. ނަމަވެސް ލިޔުންތެރިއެއް ކަމަށްވާ ޙަކީމާ ނާޖީ ލިޔުއްވާފައިވާ ގޮތުގައި ފެމިނިޒަމްގެ އިޞްޠިލާޙު ފުރަތަމަ ބޭނުންކުރުން ޗާލްސް ފޯރިއަރ އަށް ނިސްބަތް ކުރުމަކީ ކުށެކެވެ. މިހާތަނަށް ޗާލްސް ފޯރިއަރގެ އެއްވެސް ލިޔުމަކުން މި އިޞްޠިލާޙު ފެންނާކަށް ނެތެވެ. ނަމަވެސް އެފަދައިން ނިސްބަތް ކުރެވުނު ސަބަބަކީ ދެ ޖިންސުގެ ހަމަހަމަކަމަށް އޭނާ ކޮށްފައިވާ މަސައްކަތްތާއި މީލާދީން 1830 ވަނަ އަހަރު، ފެނިމިޒަމްގެ ފުރަތަމަ ހަރަކާތުގައި ބައިވެރިވެފައިވުމުންކަމަށް ބެލެވެއެވެ.

ހަމަ އެހެންމެ ފަރަންސޭސިވިލާތުގެ ފަލްސަފާވެރިއެއްކަމަށްވާ ޖެނެވީވް ފްރެއިސްގެ ފޮތްތަކުގައި ވާގޮތުން އެލެކްސްޒެންޑަރ ޑޫމަސް ފިލްސްގެ ފޮތްތަކުގައި، އަންހެނުންނާއި ފިރިހެންނާ ގުޅޭ ގޮތުން ހުރި އާދަތަކުގެ މައްސަލަތަކާއި ޚިޔާނާތްތެރިވުމާއި ވަރިއާ ގުޅުންހުރި ވާހަކަތަކުގައި އެ އިޞްޠިލާޙު ފެންނަން އެބަހުއްޓެވެ. އެއީ މީލާދީން 1872 ވަނަ އަހަރުގައެވެ. 

އެހެންނަމަވެސް އެހެން ބޭފުޅުން ދެކިލައްވާ ގޮތުގައި، މިހާރު ފެމިނިޒަމް މި މާނަކުރެވޭ ސިފައިގައި އެ ކަލިމަ ބޭނުން ކުރެވެން ފެށީ 19 ވަނަ ޤަރުނުގެ މެދު ތެރެއިންނެވެ. 

މުހިންމު ނުކުތާއަކީ ފެމިނިޒަމްގެ އިޞްޠިލާޙު ފުރަތަމަ އުފެދިގެން އައި އިރުގައި މާނަ ކުރެވެމުން ދިޔައީ އަންހެނުންނާއިމެދު ނާއިންސާފާއި އަނިޔާވެރިކަން އޮތްކަމުގެ ޚިޔާލާތަށް ނޫންކަމެވެ. ނުވަތަ އެކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ވިސްނުމަށް ނޫންކަމެވެ. 

- ނުނިމޭ 

- ޝައިޚް ޙަސަން ޒިޔާން

 

މިއަދު އޮންލައިން