ޚަލީފާއާއި ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޚަލީފާއާއި ޤާޟީ

ފިޤުހުވެރިޔާ އިޔާސު ބުނު މުޢާވިޔާ ހާޒިރުކުރުމަށް މުސްލިމުންގެ ޚަލީފާ އަމުރުކުރެއްވިއެވެ.

އިޔާސު ބުނު މުޢާވިޔާ ހާޒިރުވެވަޑައިގަތުމުން ޚަލީފާ ވިދާޅުވިއެވެ. އަޅުގަނޑު ބޭނުންވަނީ ކަލޭގެފާނު ޤާޟީކަމާ ހަވާލުވެވަޑައިގަތުމަށެވެ.

އެހިނދު އިޔާސު ވިދާޅުވިއެވެ. ޤާޟީކަމަށް އަޅުގަނޑު ކުފޫ ހަމައެއް ނޫނެވެ.

މިޖަވާބު އަޑުއިވި ވަޑައިގަތުމުން، ޖަވާބާއި މެދު ހިތްހަމަ ޖެހިވަޑައިނުގެންހުންނަވާ ޚަލީފާ ވިދާޅުވިއެވެ.

ތިވިދާޅުވި ބަހުގައި ކަލޭގެފާނަކީ ތެދުވެރިއެއް ނޫނެވެ. 

އެހިނދު އިޔާސު ކުއްލިއަކަށް ވިދާޅުވިއެވެ. އަޅުގަނޑު މިމަޤާމަށް ކުފޫ ހަމަނުވާކަމަށް މަނިކުފާނު ތިނިންމެވީއެވެ.

ޚަލީފާ ސުވާލުކުރެއްވިއެވެ. އެއީ ކިހިނަކުންތޯއެވެ؟

އިޔާސު ވިދާޅުވިއެވެ. މަނިކުފާނު ތިވިދާޅުވިފަދައިން އަޅުގަނޑަކީ އަޅުގަނޑު ބުނިބަހުގައި ތެދުވެރިއެއް ނޫންނަމަ، ޤާޟީކަމުގެ މަގާމަށް އަޅުގަނޑު ކުފޫހަމައެއް ނުވާނެއެވެ. ނުވަތަ އަޅުގަނޑަކީ އަޅުގަނޑު ބުނި ބަހުގައި ތެދުވެރިއެއް ނަމަ، އަޅުގަނޑު އެމަގާމަށް ކުފޫހަމަނުވާކަމަށް އަޅުގަނޑު ދަންނަވައިފީމެވެ.

 

- ނިމުނީ -

ޢަޒްމަތު ޖަމީލް

 

މިއަދު އޮންލައިން