ދިއްދޫގެ ހާލަތު ގޯސްވުމުން ސްކޫލްތައް ބަންދުކޮށް ކާފިއު ހިންގަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ދިއްދޫގެ ހާލަތު ގޯސްވުމުން ސްކޫލްތައް ބަންދުކޮށް ކާފިއު ހިންގަނީ!

ކޮވިޑް-19އާ ގުޅިގެން ހއ. ދިއްދޫގެ ހާލަތު ގޯސްވުމުން ސްކޫލްތައް ބަންދުކޮށް ކާފިއު ހިންގަންފަށައިފިއެވެ.

މިކަމާގުޅިގެން ދިއްދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެރަށުގައި ކޮވިޑް ފެތުރެމުންދާތީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނީޓަރިންގްއަށް ލާފައި ވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ކޮވިޑް ދިއްދޫ ޓާސްކް ފޯސް އިން ކައުންސިލަށް ލަފާ ދީފައިވާ ކަމަށެވެ.

ދިއްދޫ އަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެއީ ކާފިއު ވަގުތުކަމަށް ހަމަޖައްސާފައި ވެއެވެ. އެއާއެކު އެވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާއިރު، ހުއްދަ ދީފައިވާ އެއްގަމު އުޅަނދުފަހަރު ފިޔަވާ އެހެން އުޅަނދުތައް ދުއްވުން މަނާ ވާނެ އެވެ. އަދި މި މަހުގެ 20 ވަނަ ދުވަހު އެރަށަށް އަރާ ފޭބުންވެސް ވަނީ މަނާ ކޮށްފައެެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ 25 ރަށެއްވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިއަދު އޮންލައިން