މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެހާސް ފަސްސަތޭކައާ ކައިރިކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެހާސް ފަސްސަތޭކައާ ކައިރިކޮށްފި!

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެހާސް ފަސްސަތޭކައާ ކައިރިކޮށްފިއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 1268 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 728 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 81 މީހެކެވެ. މިއަދު ޖުމްލަ ޕޮޒިޓިވްވީ 2484 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 7536 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 102542 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 117461 އަށް އަރައިފައެވެ. މި ބައްޔަށް 14636 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 47 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 270 މީހުންނެވެ.

މިއަދު އޮންލައިން