ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ޕޮޒިޓިވްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިހާރު ހުންނެވީ ޢާއިލާއާއި އެކަހެރިވެވަޑައިގެންނެވެ. އަދި، ޕޮޒިޓިވްވި ކަމުގައިވިޔަސް އެމަނިކުފާނުގެ ޙާލުކޮޅު މިވަގުތު ރަނގަޅެވެ.
މިކަމާގުޅިގެން ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ އަތޮޅު ތެރެއަށް ދަތުރުކުރަށްވަން ރޭގައި ޕީސީއާރު ޓެސްޓް ހެދުމުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށާއި ޕޮޒިޓިވްވެފައިވާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވަވާށި! އާމީން