ހަލުއިކަމާއިއެކު ކޮރޯނާ ފެތުރެމުންދާތީ ދުނިޔޭގެ އެންމެންހެން މިވަނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް ސުވާލަކީ ޙަޤީޤަތުގައިވެސް ތިބާ ހަަމ ކަންބޮޑުވަން ހެއްޔެވެ؟ ބިރުގަނޭ ހެއްޔެވެ؟ ކަންބޮޑުވެ ބިރުގަންނާތީ ކުރަނީ ކޮންކަމެއް ހެއްޔެވެ؟
މީސްތަކުންނޭވެ! ޢަމަލުތައް އިޞްލާޙްކުރާށެވެ! ބައެއް މީހުންނަށް ހުރިހާ ކަންކަން އެއްފަހަރާ އިޞްލާޙް ނުކުރެވިދާނެއެވެ. އެއީވެސް މައްސަލައެއް ނޫނެވެ. ފަހަރަކު ކަމެއް އިޞްލާޙްކުރަން މަސައްކަތްކުރާށެވެ.
ކޮންމެ މީހަކީވެސް ކޮރޯނާ ޖެހުނަސް ނުޖެހުނަސް ކޮންމެ ވަގުތަކުވެސް މަރުވެދާނެ މީހެކެވެ. މުހިންމީ މަރުވާން މެދުވެރިވި ސަބަބެއް ނޫނެވެ. މަރުވުމެވެ. ވީމާ އަބަދުވެސް މަސައްކަތްކުރަންވީ މަރަށް ތައްޔާރުވެ ތިބުމެވެ.
--މުފްތީ މެންކުގެ ދަރުސަކުން