ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވާލަކު ދުވިސައްތައިން ތިންސަތޭކައިން އިތުރުވެ މިއަދު ފަނަރަ ސަތޭކައަށް އަރައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވާލަކު ދުވިސައްތައިން ތިންސަތޭކައިން އިތުރުވެ މިއަދު ފަނަރަ ސަތޭކައަށް އަރައިފި!

ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވާލަކު ދުވިސައްތައިން ތިންސަތޭކައިން އިތުރުވެ މިއަދު ފަނަރަ ސަތޭކައިން މަތިވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 857 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 438 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 118 މީހެކެވެ. މިއަދު ޖުމްލަ ޕޮޒިޓިވްވީ 1594 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 5870 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 98238 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 106595 އަށް އަރައިފައެވެ. މި ބައްޔަށް 8079 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 40 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 265 މީހުންނެވެ.

މިއަދު އޮންލައިން