މާލޭއިން 575 މީހުންނާއެކު މިއަދު ބާރަސަތޭކައަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
މާލޭއިން 575 މީހުންނާއެކު މިއަދު ބާރަސަތޭކައަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

މާލޭއިން ފައްސަތޭކަ ހަތްދިހަފަސްމީހުންނާއެކު މިއަދު ބާރަސަތޭކައަށްވުރެ ގިނަ މީހުން ކޮވިޑަށް މަތިވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 575 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 408 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 155 މީހެކެވެ. މިއަދު ޖުމްލަ ޕޮޒިޓިވްވީ 1209 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 5061 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 97328 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 103581 އަށް އަރައިފައެވެ. މި ބައްޔަށް 5975 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 26 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 265 މީހުންނެވެ.

މިއަދު އޮންލައިން