މިއަދު މާލޭއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ފައްސަތޭކައިން މަތީގަ! ޖުމްލަ ނުވަސަތޭކައިން މަތީގަ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
މިއަދު މާލޭއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ފައްސަތޭކައިން މަތީގަ! ޖުމްލަ ނުވަސަތޭކައިން މަތީގަ!

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދުވެސް ނުވަސަތޭކައިން މަތިވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 514 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 326 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 36 މީހެކެވެ. މިއަދު ޖުމްލަ ޕޮޒިޓިވްވީ 954 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 7273 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 9727 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 102372 އަށް އަރައިފައެވެ. މި ބައްޔަށް 4877 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 23 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 265 މީހުންނެވެ.

މިއަދު އޮންލައިން