ހޯމް ސްޓޭ: ދައްޖާލުގެ ސުވަރުގެ!

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 51ސ
ހޯމް ސްޓޭ: ދައްޖާލުގެ ސުވަރުގެ!

" كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ "

ހޯމްއިސްޓޭއަށް،  މިގައުމުގެ ދީނާއި ގައުމުވަންތަކަން ވިއްކާލެވޭކަށް ނެތެވެ.

ދިރާސާއެއް ކުރަން ޖެހޭ: ފައިދާތޯ ބޮޑީ ހޯމްއިސްޓޭ އިންތޯ، ނުވަތަ ގެއްލުންތޯ ބޮޑީ؟       

ކުރިމަގުގައި މިގައުމުގެ މުވާޠިނުންނަކަށް ގައުމެއް ވަތަނެއް ބިމެއް ބީޗެއް އަދި އަގީދާއެއް ނޯންނާނެ. 

ރާއްޖެއަށް މިވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވަނީ އިސްލާމީ ޢަގީދާ ވަރުގަދަކުރާނެފަދަ ތަގްރީރުތައްދޭނެ ޢިލްމުވެރިން ހުރިހާ ރަށަކަށް ފޮނުވޭނެ އިންތިޒާމް ދައުލަތުން ހަމަޖައްސާދިނުން، މިގޮތަށް އެކަން ހަމަނުޖެހޭނަމަ ކައުންސިލްތަކުންނާއި ވަކިވަކިފަރުދުންވެސް އެބަޖެހޭ މިކަން ކުރަން. ހޯމް އިސްޓޭ، ނުހުއްޓުވި ކުރިޔަށްދާނަމަ މާގިނަ ދުވަހެއްނުވެ، (ފަލަސްޠީނުގެ މުވާޠިނުން ފަދައިން) މިގައުމުގެ މުވާޠިނުންނަކަށްވެސް ގައުމެއް ވަތަނެއް ބިމެއް ބީޗެއް އަދި އަގީދާއެއް ނޯންނާނެ. 

އަދި ހަވާ ނަފްސުގެ އަހުލުވެރިންނަށް އެއްވެސް ކަމެއް ނުކުރެވިގެން ބިރުން އުޅޭކަށް ނުޖެހޭނެ. ހުރިހާކަމެއްވެސް އެއްވެސް ބިރެއް ނެތި، ކޮންމެ ރަށެއްގެވެސް ގޭތެރެއިން ކޮއްލެވޭނެ. މީގެ އިތުރުން އަންނަނިވި ޚިދުމަތައް ގެތަކުން ލިބެން ހުންނާނެ: ހޯމްއިސްޓޭ، ހޯމް ބަނގުރާ، ހޯމް ޒިނޭ، ހޯމް ލިވާޠު، ހޯމް ޗާޗު ނުވަތަ ހޯމް ޝިރުކު، ހޯމް ކުޑަކުދިންނާބެހުން. 

މިކަންތައްތަކުގެ ތެރެއިން ސަރުކާރުން ހަރާމްކަމަކަށް ދެކޭނީ "ހޯމް ކުޑަކުދިންނާބެހުން" އެކަންޏެވެ. އެކަމަކު މަސްތުވާތަކެއްޗެކޭ އެއްފަދައިން މިކަންވެސް އޮންނާނީ އަތްނުފޯރާ ހިސާބަށް ގޮސްފައެވެ. މަސްތުވާތަކެތީގެ ބޭނުން ވަރަށް ގިނަބަޔަކު ކުރަނީ އެއީ ދީނީގޮތުންވެސް ގާނޫނީ ގޮތުންވެސް ހުއްދަކަމަކަށްވާތީކީ ނޫނެވެ. އެކަމަކު އޭގެ ބޭނުން އެބަކުރެއެވެ. "ހޯމް ކުޑަކުދިންނާބެހުމާއި"ބެހޭގޮތުންވެސް ދިރާސާކުރެވިފައިވއެވެ. 

ހޯމް ޒިނޭ، ހޯމް ލިވާޠު، ހޯމް ޗާޗު ނުވަތަ ހޯމް ޝިރުކު، ހޯމް ކުޑަކުދިންނާބެހުން އެކަންޏެއް ނޫން މިގައުމުން އައުޓުކުރަންވީ. ހޯމް އިސްޓޭ އެއްކޮށް ހަމަ އައުޓު.

لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ‎﴿٧٨﴾‏ كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ ‎﴿المائدة-٧٩﴾‏ 

އިސްރާއީލުގެދަރިންގެ ތެރެއިން، كافر ވި މީހުންނަށް، داود ގެފާނާއި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނުގެ ދޫފުޅުމަތިން لعنة ލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ.

އެއުރެންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނުކަންތަކުގެނުބައިކަމާއެވެ! 

وَقَالَ الشَّيْطَانُ لَمَّا قُضِيَ الْأَمْرُ إِنَّ اللَّهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدتُّكُمْ فَأَخْلَفْتُكُمْ ۖ وَمَا كَانَ لِيَ عَلَيْكُم مِّن سُلْطَانٍ إِلَّا أَن دَعَوْتُكُمْ فَاسْتَجَبْتُمْ لِي ۖ فَلَا تَلُومُونِي وَلُومُوا أَنفُسَكُم ۖ مَّا أَنَا بِمُصْرِخِكُمْ وَمَا أَنتُم بِمُصْرِخِيَّ ۖ  ..."  ‎﴿إبراهيم-٢٢﴾‏

އަދި ކަންތައް ނިޔާކުރައްވައި ނިމޭހިނދު، شيطان އާ ބުނާނެތެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންނަށް وعد ކުރައްވާފައިވަނީ، حق ތެދު وعد އެވެ. އަދި ތިމަންވެސް ތިޔަބައިމީހުންނަށް وعد ކުރީމެވެ. ފަހެ، ތިޔަބައިމީހުންނަށް ތިމަންކުޅަ وعد އާ خلاف ވީމެވެ. އަދި ތިޔަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވައި، ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންނާގެ ގޮވައިލުމަށް އިޖާބަދިނީއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ކުށްވެރިކޮށް ވާހަކަ ދައްކާށެވެ! ތިޔަބައިމީހުންގެ އެހީތެރިޔަކަށް ތިމަން ނުވަމެވެ. އަދި ތިޔަބައިމީހުންވެސް ތިމަންގެ އެހީތެރިންނަކަށް ނުވަމުއެވެ.

އަޅުގަނޑު ދެކޭގޮތުގައި ހޯމްއިސްޓޭގެ ފައިދާ ދިވެހިންގެ ބޮލަށް ވައްދަން ވަސްވާސްދޭ ޖިންނި ޝައިޠާނުންނަށް ވުރެވެސް ނުބައިކަން ބޮޑުވެގެންވަނީ، މި ހޯމްއިސްޓޭގައި ގެއްލުމެއް ނެތްކަމަށް ދިވެހި މުވާޠިނުންނަށް ވަސްވާސްދޭ ލާދީނީ ހިތްތައް ލިބިފައިވާ ދިވެހި ހަށިތަކެވެ. މިބައި މީހުންގެ ސިޔާސީ މާޒީ އަށް ބަލާއިރު އަދި މިބައި މީހުން ދައްކަވާ ވާހަކަތަކުގެ ހެޔޮ ނުބައި ބަލަން އޮތް އެންމެ ރަނގަޅު މިންގަނޑަކީ ދައްޖާލުގެ ސުވަރުގެ އާއި ދައްޖާލުގެ ނަރަކައިގެ މިންގަނޑެވެ. ދައްޖާލު ދައްކާ ސުވަރުގެއަށް ވަދެއްޖެ މީހަކަށް އަސްލު ވަދެވޭނީ ނަރަކަ އަށެވެ. އަދި ދައްޖާލު ދައްކާ ނަރަކަ އަށް ވަދެއްޖެ މީހަކަށް އަސްލު އެވަދެވެނީ ސުވަރުގެއަށެވެ. 

ހޯމްއިސްޓޭގެ ރަނގަޅުކަމަށް މިބައި މީހުން ދައްކާވާހަކައަކީ އެ ކަމުން (ހޯމްއިސްޓޭއިން ނުވަތަ ލޯކަލް ޓުއަރިޒަމުން) ދިވެހީންނަށް ވާނީ ގެއްލުން ކަމުގެ އެންމެ ބޮޑު ދަލީލެވެ! އެހިސާބުން ހޯމްއިސްޓޭ ބަހުސް ނިމުނީއެވެ.

--މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން