ކޮވިޑް ވެކްސިންތައް ފުރިހަމަކޮށް ބޫސްޓަރޑޯޒް ޖަހައިފިނަމަ 80 އިންސައްތަ ރައްކާތެރިކަން ލިބޭކަމަށް ޑރ. ޝާހް ވިދާޅުވެއްޖެއެވެ.
ޑރ. ޝާހް މިއަދުވެސް ވިދާޅުވީ އަވަހަށް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ޑރ. ޝާހް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ސްކޫލްތަކުގެ ކިޔެވުންވެސް ބަންދުނުކޮށް ކުރިއަށް ގެންދަން ކަމަށާއި އަދި އިޤްޠީޞާދީ މަސައްކަތްތަކަށް ހުއްޓުމެއް ނުއަންނާނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.