އޮމިކްރޮންއަށް ދިވެހިން ޕޮޒިޓިވްވެފައިވަނީ މާލެ ސިޓީން 4، މާފުށިން 3 އަދި ކުޑަހުވަދޫން އެކަކު ކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ މިއަދު ވިދާޅުވީ އޮމިކްރޮންއަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނުރައްކާ ޙާލަތަށް ހިނގައިދާނެ މީހުން ހިމެނޭ ކަމަށާއި ނަމަވެސް އެއްވެސް މީހަކު އަދި މިހައިތަނަށް ސީރިއަސްވެފައިވާކަން އެނގިވަޑައިގެންފައި ނުވާކަމަށެވެ.