ރާއްޖެއިން މިހާރު ފެނިފައިވާ އޮމިކްރޮން މުޅި ރާއްޖެއަށް ފެތުރޭނެކަމަށާއި ބަލިޖެހޭ މީހުންގެ އަދަދު ކުރީ ރާޅަށްވުރެ ގިނަވެގެންދާނެކަމަށް އެޗްޕީއޭއިން ލަފާކޮށްފިއެވެ.
ޑރ. ނަޒްލާ މިއަދު ވިދާޅުވީ އޮމިކްރޮންއަށް 19 ފަތުރުވެރިއަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އިއްޔެ އޮމިކްރޮންއަސް ޕޮޒިޓިވްވި 7 މީހުންނާއިއެކު ޖުމުލަ 8 ދިވެހިން މިހާރު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. "ދުނިޔޭގެ އެހެން ޤައުމުތަކުގެ ތަޖުރިބާއަށްބަލާއިރު އޮމިކްރޮން އަކީ ވަރަށް ހަލުވިކަމާއިއެކު ފެތުރިގެންދާ ވައިރަންޓެއް. ވީމާ ކުރިން ކުރިމަތިވި ޑެލްޓާ ވައިރަންޓް ޖެހުނު މީހުންނަށްވުރެ ގިނަ ބައަކަށް ބަލި ޖެހިދާނެ ކަމަށް ބެލެވެނީ"
ޑެލްޓާ ވައިރަންޓް ފެތުރިގެންދިއައިރު ދުވާލަކު 2200 އަށްވުރެ ގިނަ މީހުން ވެސް ވަނީ ޕޮޒިޓިވްވެފައެވެ. ވީމާ އެމިކްރޮން އާއިއެކު މިއަދަދު އިތުވެގެން ހިނގައްޖެނަމަ ކަންކަން މެދުވެރިވެދާނެ ގޮތަކާއިމެދު ވިސްނަން މިވަނީ ޖެހިފައެވެ.
ޑރ. ޝާހް ވިދާޅުވީ ބަލީގައި ހޮސްޕިޓަލަށް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު މިހާރުވެސް އިތުރުވަމުން އަންނަ ކަމަށެވެ.