ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މައްޗަށް! މިއަދު ހަތަރުސަތޭކަ ފަންސާހުން މަތީގައި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މައްޗަށް! މިއަދު ހަތަރުސަތޭކަ ފަންސާހުން މަތީގައި!

ކޮވިޑް19 އަށް މިއަދު 450 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 192 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 165 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 74 މީހެކެވެ. މިއަދު ޖުމްލަ ޕޮޒިޓިވްވީ 454 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4197 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 94404 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 98506 އަށް އަރައިފައެވެ. މި ބައްޔަށް 3825 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 21 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 264 މީހުންނެވެ.

މިއަދު އޮންލައިން