ހޯމް މިނިސްޓަރަށާ ޓޫރިޒަމް މިނިސްޓަރަށް ޝައިޚް ޢަލީ ޒައިދުގެ މި ޓްވީޓު ފެނިވަޑައިގަންނަވާނެ ނަމަ ކިތަންމެހައިވެސް ރަނގަޅެވެ. ޝައިޚް ފާހަގަކުރައްވަވާފައިވާ ކަންކަން ހަމައެގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ހިނގަމުންދާކަން ހަަމަ އެނގިވަޑައިނުގަންނަވަނީއެވެ.
ހޯމް މިނިސްޓަރު ޝައިޚް އިމްރާންއެވެ. ޤިޔާމަތް ދުވަހުވެސް މިހާރުފަދައިން ނޭވާއަކު ދެކޮޅު ގޮންޖެހުންތައް ގިނަ ކަމަށް ވިދާޅުވެ ފުއްދަވައިލެއްވޭނެ ކަމަށް ހީކުރައްވަނީތޯއެވެ؟ މަނިކުފާނުގެ ހޯމް މިނިސްޓަރުކަމުގައި މަނިކުފާނުގެ ބެލެނިވެރިކަމުގައި އިސްލާމިކް މިނިސްޓްރީވެސް ހުރެމެ އިސްލާމް ދީން ރާއްޖެއިން ފުހެލުމުގެ މަސައްކަތް ހައްދުފަހަނައަޅައި ހިނގައްޖެކަމަށް އަދިވެސް ޤަބޫލުފުޅު ނުކުރައްވަނީތޯއެވެ؟
