އަންހެނަކު އަސަރާއިއެކު ކިޔައިދިނުމުން ކިޔުންތެރިއަކު މިއަދުނޫހާއި ހިއްޞާކުރީވެސް ވަރަށް އަސަރާއިއެކުގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އަންހެނަކު އަސަރާއިއެކު ކިޔައިދިނުމުން ކިޔުންތެރިއަކު މިއަދުނޫހާއި ހިއްޞާކުރީވެސް ވަރަށް އަސަރާއިއެކުގައެވެ!

ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރީގައި އެންމެ ކުރިއަރާފައިވާ އެއް ރަށަށް ޗުއްޓީ ހޭދަކޮށްލަން އަޅުގަނޑުވެސް ޒިޔާރަތްކުރީމެވެ. އަޅުގަނޑުވެސް ހުރީ ގެސްޓް ހައުސްއެއްގައެވެ. އެތަނުގައި މަސައްކަތްކުރާ އަންހެނަކު ވަރަށް އަސަރާއިއެކު ކިޔައިދިނެވެ. 

"އަޅުގަނޑަކީވެސް ދަރިން ލިބި އުފަލުގައި ޒަވާޖީޙަޔާތް ވޭތިކުރަމުން އައި އަންހެނަކީމެވެ. ފިރިމީހާ ހިންގާ ގެސްޓް ހައުސްއެއް ހުރެއެވެ. އެތަނަށް އައި އަންހެނަކާ ހިތާވެގެން އަޅުގަނޑު ވަރިކުރީއެވެ. އަޅުގަނޑު ވަރިކޮށްލާފައި ފިރިމީހާ އޭނާ ކައިވެނިކޮށްފިއެވެ. 

އެހެންވެ އާމްދަނީ ހޯދަން މަޖުބޫރުވާތީ މިވަޒީފާ އަދާކުރަނީއެވެ. ފިރިމީހާ ހިންގާ ގެސްޓްހައުންސްއިން ވެސް ވަޒީފާ ދީފާނެކަމަށް ބުންޏެވެ. ނަމަވެސް އަޅުގަނޑުގެ ލޮލުން އެދެމީހުންގެ ލޯބީގެ މަންޒަރުތައް ބަލަން ކުޅަދާނަ ކަމަކަށް ނުވާނެތީ މީހެއްގެ ގެސްޓްހައުސްގައި ވަޒީފާ އަދާކުރަނީއެވެ."

އެއަންހެން މީހާ މިއަދުނޫހުގެ ކިޔުންތެރިޔާއަށް (އަންހެނެއް) މިވާހަކަތައް ކިޔައިދިނީ ވެސް ކިޔުންތެރިޔާ މިއަދުނޫހާއި މިވާހަކަތައް ޙިއްޞާކުރީވެސް ހަމަ ވަރަށް އަސަރާއިއެކުގައެވެ. އަދިވެސް އޭނާ ކިޔައިދިނެވެ. 

"ރަށުގެ ޒުވާން ކުދިން، 18 އަހަރު ކިރިޔާ ފުރޭ، ނުފުރޭ އުމުރުގެ ކުޑަކުދިން ދޮން މުސްކުޅި އަނހެނުންނާއިއެކު ރެސްޓޯރަންޓްތަކާއި ކެފޭތަކުން ކައިބޮއި ހަދައިގެން ގެސްޓް ހައުސްތަކުގައި އެ ދޮން އަނހެނުން ތިިބޭ ކޮޓަރިތަކަށް އެމީހުންނާއިއެކު ވަންނަތަން ފެނުމުން ވަރަށް އަސަރުކުރިއެވެ. މުޖުތަމައުއަށް ކުރިމަތިވެފައިވާ މިބޮޑު ވަބާއާއިމެދު ވިސްނައިލެވުމުން އެތައް ފަހަރަކު ރޮވުނެވެ." 

 

މިއަދު އޮންލައިން