ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރސިންގ ސްކޮލަރޝިޕް ޕްރޮގްރާމަށް ހޮވުނު ދަރިވަރުންނަށް ސްކޮލަރޝިޕް ޙަވާލުކޮށްފިއެވެ.
ސްކޮލަރޝިޕްތައް ދަރިވަރުންނާއި ޙަވާލު ކުރެވުނީ އެކަމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންނާއި ސްކޮލަރޝިޕް ޙަވާލުކޮށްދެއްވާފައިވަނީ ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރެވެ.
މިރައްމިއްޔާތުގައި ޑރ. އަންވަރު، ދަރިވަރުންނާއި މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން ރާއްޖޭގައި ނަރުހުން ތަމްރީނު ކުރުމަށްޓަކައި ކުރައްވާ މަސައްކަތް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި ސްކޮލަރޝިޕާއެކު މި ދާއިރާއިން ރާއްޖޭގެ އެންމެ ރަނގަޅު ފެންވަރުގައި ކިޔެވުމުގެ ފުރުސަތު މި ދަރިވަރުންނަށް ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން 2 ކޯހަކަށް ވަނީ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައެވެ. އެއީ ވިލާ ކޮލެޖުން އޮފަރ ކުރާ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑްގެ ބެޗެލަރ އޮފް ސައިންސް (އޮނަރސް) ނަރސިންގ (އިންޓަރނޭޝަނަލް) (ޓޮޕްއަޕް) ޕްރޮގްރާމާއި ވިލާ ކޮލެޖުގެ ޑިޕްލޮމާ އިން ނަރސިންގ ޕްރޮގްރާމެވެ. މި ދެ ކޯހުން ޖުމްލަ 7 ދަރިވަރުން ވަނީ ސްކޮލަރޝިޕަށް ހޮވި، އެކަމުގެ ލިޔުން ޙަވާލުކުރެވިފައެވެ. އެދަރިވަރުންނަކީ:
ބީ.އެސް.ސީ (އޮނަރސް) ނަރސިންގ (އިންޓަރނޭޝަނަލް) (ޓޮޕްއަޕް(sad)
އިހުސާނާ އަބްދުލް އަލީމް
ނޫރުލް ހުދާ އަޝްރަފް
ޑިޕްލޮމާ އިން ނަރސިންގ:
ހައްވާ ސަނާ ރަޝާދު
ފާތިމަތު ޒައިނާ ޒާހިރު
ޚަދީޖާ އަޔާތު
ޝައްމަ މުފީދު މުޙައްމަދު
ޒަންދާ ޢަބްދުﷲ ދީދީ