ޙަޤީޤީ ޙާދިސާ: ލޯބިން އުޅޭތަން ދައްކަން ހެޔޮނުވާނެ! އެންމެ ގާތް އެކުވެރިޔާގެ އެސްފީނާއިން ފިރިމީހާގެ ދެފައާއި ދެއަތުން ވާގިދިއަ-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޙަޤީޤީ ޙާދިސާ: ލޯބިން އުޅޭތަން ދައްކަން ހެޔޮނުވާނެ! އެންމެ ގާތް އެކުވެރިޔާގެ އެސްފީނާއިން ފިރިމީހާގެ ދެފައާއި ދެއަތުން ވާގިދިއަ-!

އަޅުގަނޑުމެންގެ ކައިވެންޏަށް 3 އަހަރުވީއިރު 2 ދަރިން ވަނީ ލިބިފައެވެ. ދިރިއުޅެމުން އައީ އުފާވެރިކަމާއިއެކުގައެވެ. ނަމަވެސް ކުއްލިއަކަށް ކުރިމަތިލާން ޖެހުނީ ވަރަށް ހިތްދަތި ކަންތައްތަކެކެވެ. ފިރިމީހާގެ ފައިން ވާގިދިއައީއެވެ. ނުހިނގެނީއެވެ. އެއިގެ ކުޑަދުވަސްކޮޅެއްފަހުން ދެއަތުން ވާގިހިނގައްޖެއެވެ. ޑޮކްޓަރުންނަށް ބައްޔެއް ނުހޯދެއެވެ. ކަސްރަތުކުރަން ބުނުން ފިޔަވައި ދެވޭނެ ފަރުވާއެއް ނެތެވެ. 

އެހެނަސް އަޅުގަނޑު އުންމީދު ކަނޑައެއް ނުލަމެވެ. އަދި ފުރޮޅުލީ ގޮނޑިން ފިރިމީހާއަށް ތެދުވެވޭނެ ދުވަހެއް އަންނާނެކަން ޔަޤީންކުރީމެވެ. ހަމަޖެހިލައިގެން އުފަލުގައި ދިރިއުޅެވޭނެ ދުވަހެއް އަދިވެސް އަންނާނެ ކަމުގެ އުންމީދުވެސް ކަނޑައެއް ނުލަމެވެ. ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައެއް ނުލަމެވެ. 

އަޅުގަނޑު ރުޤްޔާކުރާ އިމާމަކާއި ވާހަކަދައްކައިލީމެވެ. އަޅުގަނޑު ގާތަކު މާގިނަ ވާހަކަތަކެއް އޭނާ ނުދައްކައެވެ. ރުޤްޔާކޮށްދިނީއެވެ. ނަތީޖާވެސް ފެނުނެވެ. 2، 3 މަސްވީއިރު އަތާއި ފައަށްވެސް ޝިފާ ލިބުނެވެ. 

އެޙާލަތު މެދުވެރިވި ސަބަބާއި ގުޅޭގޮތުން ސުވާލުކުރުމުން އެއްވެސް ވާހަކައެއް ކިޔައެއް ނުދިނެވެ. ބުނީ ދުޢާކުރުމަށެވެ. ރުހިވޮޑިގަންނަވާ ކަމެއް ނަމަ އަދި އެނގުމުން ތިބާއަށް އެއްވެސް ފައިދާއެއް ކުރާނެ ނަމަ އަންގަވައިދެއްވަވާނެ ކަމަށެވެ. 

އަޅުގަނޑު ދުޢާކުރަންފެށީމެވެ. ޙަޤީޤަތްވެސް އެނގުނެވެ. ދެދަރިން ލިބުމުން ވެސް އަޅުގަނޑުމެން ދެމަފިރިން ވަރަށް ލޯބިން އުޅޭތީ އާއި ފިރިމީހާ ކުދިން ބަލަން އެހީތެރިވާތީ އެކަންކަން ލޮލަށް ފެންނަ ވަރަށް ގާތް އެކުވެރިއަކު ހަސަދަލީއެވެ. އެސްފީނާއަކަށްބަދަލުވީއެވެ. 

ވަރަށް ކުރު ގޮތަކަށް މިދަންނަވައިލީ އަޅުގަނޑުގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ދުވަސްތަކުގެ ވާހަކައެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑުގެ ތަޖުރިބާއަށް ބަލައި ބުނެވެން އޮތީ ކިތަންމެ ގާތް އެކުވެރިއަކު ނަމަވެސް ގެއަށް ވައްދައިގެން މިހާރު ދެކޮޅު ޖެއްސެން ނެތްކަމެވެ. ދެމަފިރިން ދިރިއުޅޭ ގޮތް ދައްކައިގެންވާން ނެތްކަމަށެވެ. އަދި ދެމަފިރިންގެ ގުޅުމާއި އެކަކު އަނެކަކަށް ހެޔޮކޮށްހިތާ މިންވަރު ބުނެދީގެން ވާން ނެތްކަމަށެވެ. 

އަޅުގަނޑުގެ ދިރިއުޅުމަސް ހަމަލާ އެދިނީ އެމީހަކަށް އަޅުގަނޑު އެންމެ އިތުބާރުކުރާ އެކުވެރިޔާއެވެ. އަދި އަޅުގަނޑުގެ ކިބައިން އެންމެ ބޮޑު އެހީތެރިކަމެއްވެސް ލިބިފައިވާނެ އެކުވެރިޔާއެވެ. ދެން ނިކަން ވިދާޅުވެބައްލަވާށެވެ. އެކުވެރިންނާއިމެދު ކުރިން މިބުނި ބަސް ނޫން ބަހެއް ބުނެވޭނެތޯއެވެ! 

- ޝިދާތާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން