އުސްތާޛާ އަނާރާ ނަޢީމް ޢަދާލަތު ޕާޓީން ވަކިވެވަޑައިގަންނަވަނީ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އުސްތާޛާ އަނާރާ ނަޢީމް ޢަދާލަތު ޕާޓީން ވަކިވެވަޑައިގަންނަވަނީ-

އުސްތާޛާ އަނާރާ ނަޢީމް ޢަދާލަތު ޕާޓީން ވަކިވެވަޑައިގަންނަވަން ހުށަހަޅުއްވައިފިއެވެ. 

މިއަދުނޫހަސް އަނާރާ ނަޢީމް ވިދާޅުވީ އަދާލަތު ޕާޓީން ވަކިވެވަޑައިގަންނަވަން ނިންމެވީ ޕާޓީ އާއިމެދު އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށާއި ޕާޓީ އާއިއެކު އިތުރަށް ކުރިއަށް ވަޑައިގެނެވޭނެ މަގެއް ސާފުވެވަޑައި ނުގަންނަވާތީ ކަމަށެވެ. 

"އަޅުގަނޑު ބޭނުން އަދާލަތު ޕާޓީން އަޅުގަނޑަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް ސިޔާސީ މައިދާނަށް ނުކުމެވި ކުރިއެރުން ލިބުނީ އަދާލަތު ޕާޓީގެ ތެރެއިންކަން އަޅުގަނޑު ފާހަގަކުރަން. އެކަންކަމަށްޓަކައި އަދާލަތު ޕާޓީއަށް ޝުކުރު ދަންނަވަން." 

އަނާރާ ވިދާޅުވީ އަދާލަތު ޕާޓީން ވަކިވެވަޑައިގެންނެވި ނަމަވެސް ވަކި ޕާޓީއަކާއި ގުޅިވަޑައިގަންނަވަން އަދި ނިންމަވާފައި ނުވާކަމަށެވެ. ނަމަވެސް އެކަން ކުރައްވަން ޖެހިވަޑައިގަންނަވާ ޙާލަތެއްގައި ފަހުން އެކަން ކުރައްވާނެ ކަމަށެވެ. 

 

މިއަދު އޮންލައިން