"ގިނަ ބަޔަކު ނަރަކައަށް ވަންނަނީ، އެމީހުންގެ ދުލުން ދެއްކޭ ވާހަކައިން ކަމެއް އެމީހުންނަކަށް ނޭނގެއެވެ!" ޝައިޚް ޙަސަން ލަޠީފް

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
"ގިނަ ބަޔަކު ނަރަކައަށް ވަންނަނީ، އެމީހުންގެ ދުލުން ދެއްކޭ ވާހަކައިން ކަމެއް އެމީހުންނަކަށް ނޭނގެއެވެ!" ޝައިޚް ޙަސަން ލަޠީފް

"ބުއްދިވެރިން، އެ މީހުންގެ ދުލުން ހިތަށް އެރިހާ އެއްޗެއް ނުގޮވައެވެ. ނަމަވެސް ނުވިސްނޭ މީހުން، އެ މީހުންގެ ދުލަށް އައިހާ އެއްޗެއް ދުލުން ބޭރުކުރަމުން ގެންދެއެވެ. ގިނަ ބަޔަކު ނަރަކައަށް ވަންނަނީ، އެމީހުންގެ ދުލުން ދެއްކޭ ވާހަކައިން ކަމެއް އެމީހުންނަކަށް ނޭނގެއެވެ."

- ޝައިޚް ޙަސަން ލަޠީފް

ބައެއް މީހުން ވާހަކަތައް ދައްކަނީ ހަމައެކަނި އެމީހުންގެ މަޝްހޫރުކަން އިތުރުކުރުމަށެވެ. ދައްކާ ވާހަކަ އާއި އެއްގޮތަށް ޢަމަލެއް ނުކުރެއެވެ. އެކަން އެނގިހުރެ އޭނާ ދައްކާ ވާހަ ފެތުރުމުން ވެސް އެކުރެވެނީ ފާފައެކެވެ. އެކަން ވާނީ އެނގިހުރެ ރަން ނޫން އެއްޗެއް އެއީ ރަންކަމުގައި ހަދައިގެން ވިއްކުން ފަދަ ކަމަކަށެވެ. 

ހަމަ އެއާއިއެކު ތިމާ ތާއީދުކުރާ މީހާގެ އަގުއަރުވަން އެހެން މީހުންގެ މުޅަމަސް ކެއުންވެސް މިވަނީ ޢާންމުކަމަކަށްވެފައެވެ. ޝައިޚް ބަޔާންކުރައްވަވާފައި އެވަނީ އެފަދަ ވާހަކަތަކުގެ ސަބަބުން ތިމާއަށް ނަރަކައަށް ވަންނަން ޖެހިދާނެ ކަމެވެ.

މިއަދު އޮންލައިން