މާލެއިން ބިން ދޫކޮށްލާ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލެއާ ގުޅީފަޅުން ގޯތި ދޫކުރަނީ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 34ސ
މާލެއިން ބިން ދޫކޮށްލާ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލެއާ ގުޅީފަޅުން ގޯތި ދޫކުރަނީ

މާލެއިން ބިން ދޫކޮށްލާ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލެއާ ގުޅީފަޅުން 3000-4000އާ ދެމެދުގެ އަދަދަކަށް ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

މިކަމާ ގުޅިގެން މިނިސްޓަރ އަސްލަމް ވިދާޅުވެފައިވަނީ މިގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހޫޅުމާލެއާއި ގުޅީފަޅުންކަމަށާއި ގޯތިތައް ދޫކުރާނީ މާލޭގެ ބިމުން ތަންކޮޅެއް ދޫކޮށްލާ މީހުންނަށް ކަމަށެވެ. 

ބޯހިޔާވަހިކަމަށް މި ސަރުކާރުން ރާވާފައިވާ ޕްރޮޖެކްޓުތަކުގެ ތަފްސީލުތައް ހާމަކޮށްދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވިދާޅުވެފައިވަނީ މާލެއިން ގޯތި ދޫކޮށްލާ މީހުންނަށް ގޯތި ދޫކުރަން ސަރުކާރުން މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށެވެ.

މިއަދު އޮންލައިން