ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން 2021-2025 އިފްތިތާޙްކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލްގައި ރޭ ބޭއްވުނު ޙަފްލާގައި، "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން 2021-2025 " އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަނެވެ.

މި ސްޓްރެޓެޖިކް ޕްލޭނަކީ ޔުނިވަރސިޓީގެ ތަޞައްވަރު އަދި ޔުނިވަރސިޓީން މުސްތަޤުބަލަށް ރޭވިފައިވާ މަސައްކަތްތައް ކަނޑައެޅި ހާޞިލްކުރަންޖެހޭ ލަނޑުދަނޑިތައް އެކަށައެޅުމަށްފަހު، އެކަންކަން ހާސިލްކުރެވުނުތޯ ކަށަވަރުކުރުމަށްޓަކައި ތައްޔާރުކުރެވިފައިވާ ޔުނިވަރސިޓީގެ ފަސް އަހަރުގެ ޕްލޭނެވެ.

މިގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން 2021-2025 ބިނާވެފައިވަނީ 9 (ނުވަ)  ކީ ރިޒަލްޓް އޭރިއާ (ކޭ.އާރް.އޭ) ގެ މައްޗަށެވެ.

ރޭގެ ހަފްލާގައި މި ސްޓްރެޓެޖިކް ޕްލޭންއާއި ގުޅޭ ރިޕޯޓެއް އިއްވުނެވެ. އަދި ހަމައެހެންމެ ޔުނިވަރސިޓީ ގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އިނޮވޭޝަން) ޑރ. ދީބާ މޫސާ މި ސްޓްރެޓެޖިކް ޕްލޭންގެ ކުރު ތަޢާރަފެއްވެސް ދެއްވިއެވެ. އޭގެ އިތުރުން ހަފްލާގެ ޝަރަފުވެރި މެހެމާން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވެސް ހަފްލާގެ ޖަލީސުންނާއި މުޚާތަބުކޮށް ވާހަކަފުޅުދެއްކެވިއެވެ.

މިއަދު އޮންލައިން