ﷲ އެބައެއްގެ ހިތްތަކާ ކަންފަތްތަކުގަ ސިއްކަ ޖައްސަވައި ލޯތަކުގެ ކުރިމަތީގަ ފަރުދާ ކުރައްވަވައިފިނަމަ...

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ﷲ އެބައެއްގެ ހިތްތަކާ ކަންފަތްތަކުގަ ސިއްކަ ޖައްސަވައި ލޯތަކުގެ ކުރިމަތީގަ ފަރުދާ ކުރައްވަވައިފިނަމަ...

"ﷲ، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަޖައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބް ހުށްޓެވެ.

އަދި އީމާންވެގެންވާ ބަޔަކު ކަމުގައި ނުވެތިބެ، ތިމަންމެން ﷲ އަށާއި އާޚިރަތް ދުވަހަށް އީމާން ވެއްޖައީމުއޭ ބުނާބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ.

އެއުރެން ހީކުރާގޮތުގައި) ﷲ އަށާއި އީމާންވެގެންތިބި މީހުންނަށް އެއުރެން އޮޅުވައިލަނީއެވެ. އެއުރެން އެ އޮޅުވައިލަނީ، އެއުރެންގެ އަމިއްލަ ނަފްސްތަކަށް ކަމުގައި މެނުވީ ނުވެއެވެ. އެއުރެންނަށް (އެކަންވެސް) ނޭނގެނީއެވެ."

(އަލްބަޤަރާ: 7،8،9) 

މިއީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންނުވާ މީހުންނާއިމެދު ކަންކަންވެގެންދާނެ ގޮތެވެ. މިޙާލަތަށް މީހަކު ގެންދަވައިފިނަމަ ސަލާމަތްވާން ކުރެވޭނެ ހަމައެއްވެސް ކަމެއް ނުއޮންނާނެއެވެ. 

ފުރިހަަމަ ގޮތުގައި އީމާންނުވެ ތިބެ ތިމަންމެން މިތިބީ އީމާންވެގެން ކަމަށް ބުނާ މީހުން ހީކުރަނީ އެމީހުންގެ ޙަޤީޤަތް އޮޅުވައިލެވޭނެ ކަމަށެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ މީހުން ރާވާ ނުބައި ރޭވުންތަކުގެ އިތުރުން ރާވަން ހިތަށް އަރުވާ ކަންކަންވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. 

ބިރުވެތިވާށެވެ. ﷲ ތަޢާލާ ޢަޛާބު ދެއްވަވާނެ އަޅުންތެރޭގައި ތިބާގެ ނަން ލިޔެވުނަނުދޭށެވެ، ތައުބާވެ ޙައްޤުމަގަށް އަވަހަށް ރުޖޫޢަވާށެވެ! ސަލާމަތްކަން ހޯދުން ވަނީ އެމީހާގެ އިޚްތިޔާރަށް ދޫކުރައްވަވައިފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން