"ޢަރަބި ބަހަކީ ހަމަ އެކަނި ބަހެއް ނޫން! ޢަރަބި ބަހަކީ އަހަރެމެންގެ ވެރި ރަސްކަލާނގެ އެބަހަކުން ބަސްވަޙީ ކުރެއްވި ބަސް! އެ ބަހަކުން އަހަރުމެންގެ ރަސޫލާ ވާހަކަފުޅު ދެއްކެވި ބަސް! އެބަހަކުން ދީނުގެ އަޞްލު މަޞްދަރުތައްހުރި ބަސް!
ޢަރަބި ބަހަށް ލޯބިކުރަން މިވަރުން ފުދޭ!"
- ޝައިޚް ޢަލީ ޒައިދު
"ޢަރަބި ބަހަކީ އިސްލާމް ދިނާއި އެދީނުގެ އަހުލުވެރިންގެ ޝިޢާރެކެވެ." ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله
ކިތަންމެ ރީތި ޢިބާރާތަކުން ތައުލީމީ ވާހަކަދެއްކި ނަމަވެސް ފެންނަމުން މިދަނީ ޢަރަބި އިސްލާމީ ތައުލީމަށް ހުރަސްއަޅަން މަސައްކަތްކުރާތަނެވެ. ހަމައެކަނި ޢަރަބިއްޔާ ސްކޫލުގެ މައްސަލައެއް ނޫނެވެ. އިސްލާމް ކިޔަވައިދޭ ފޮތްތަކުގައި ކީރިތި ޤުރްއާނުގެ އާޔަތް ނުލިޔަން ލިޔަން އެންގުމާއި އެކަމާއި ގުޅިގެން ހެދި ބޮޑެތި ދޮގުތައް އެކަނިވެސް މިކަމުގެ ހެއްކަކަށް ފުދި އިތުރުވެއެވެ.