ޚާއްޞަ ސަމާލުކަމެއް ދެއްވާ! ޛިކުރުކުރުމުން ނަރަކައަށް ވަންނަން ޖެހިދާނެ ގޮތަށް ޛިކުރުނުކުރަމާތޯ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޚާއްޞަ ސަމާލުކަމެއް ދެއްވާ! ޛިކުރުކުރުމުން ނަރަކައަށް ވަންނަން ޖެހިދާނެ ގޮތަށް ޛިކުރުނުކުރަމާތޯ!

ﷲ ތަޢާލާއަށް ޛިކުރުކުރުމުގަ ފަރުވާތެރިވާށެވެ! ބައެއް މީހުން އަވަސްއަވަހަށް ކިޔާލައި ފަތްޗަކަށް އަމުނާލަން އުޅުމުގެ ތެރޭގައި ބައެއް އަކުރުތަކަށް ސަމާލުކަން ނުދެވުމުން ނުބައި މާނަ ދޭހަވާ ގޮތަށް އެބަ ކިޔެއެވެ. 

އެހާލަތުގައި އޭނާއަށް އެކުރެވެނީ ހެޔޮކަމެއްގެ ބަދަލުގައި ބޮޑެތި ފާފަތަކެވެ. ނަރަކައަށް ވަންނަން ޖެހިދާނެ ފަދަ ފާފަތަކެއް ކަމުގައިވެސް ވެދާނެއެވެ. ސަބަބަކީ ﷲ ތަޢާލާޢަށް ނިޞްބަތްކޮށް އެމީހެއްގެ ފަރުވާކުޑަކަމުން ނުބައި ބަސްތަކެއް ބުނެވިއްޖެ ނަމަ ފާފަވެރިވާނެތީއެވެ. 

މިއީ ޛިކުރުކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ލަސްލަހުން ކިޔާށެވެ. ކިޔަންވީ ގޮތަށް ކިޔޭނީ އެއިރުންނެވެ. ހަމަ އަމިއްލަ ބަހުގައިވެސް އަކުރާއި ފިލި ފުރޮޅުމުން މާނަބަދަލުފާފަދައިން ޢަރަބި ބަހުގައިވެސް އެކަން އެގޮތަށް މެދުވެރިވެއެވެ. އަކުރު ކިޔަންވާ މަޚްރަޖުން ނުކިޔުނު ނަމަވެސްމެއެވެ. 

ވީމާ ޛިކުރުތައްކިޔާއިރުވެސް، ޤުރްއާންކިޔަވާއިރުވެސް ދުޢާކުރާއިރުވެސް އެމީހަކަށް ކިޔޭ އެންމެ ފުރިހަމައަކަށް ކިޔަން މަސައްކަތްކުރަން ވާނެއެވެ. އެކަމުގައި ފަރުވާކުޑަކޮށްލައިފިނަމަ ކިތަންމެ ބޮޑު ދެރަގޮތެއް ވެސް މެދުވެރިވެދާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން