މައިލޯ ނެޓްބޯލް ޓޫނަމަންޓްގެ ފިރިހެނުންގެ ޗެމްޕިއަންކަން ކޭވައިއާރުސީ ހޯދައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 5ސ
މައިލޯ ނެޓްބޯލް ޓޫނަމަންޓްގެ ފިރިހެނުންގެ ޗެމްޕިއަންކަން ކޭވައިއާރުސީ ހޯދައިފި

މައިލޯ ނެޓްބޯލް ޓޫނަމަންޓްގެ ފިރިހެނުންގެ ޗެމްޕިއަނަކަން ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ހޯދައިފިއެވެ. 

ޗެމްޕިއަނަކަން ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ހޯދީ ކްލަބް މެޓްރިކްސް އާއި ބައްދަލުކޮށް 27/30 އިން މެޗް ކާމިޔާބުކޮށްގެންނެވެ. 

މެޗުގެ ކްޔީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ގެ މުޙައްމަދު އަރާޝް އަސަދު އެވެ. 

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ގެ 4 ކުޅުންތެރިން ހޮވިފައިވެއެވެ. އެއީ ހުސައިން ސަވީލް، އަޙްމަދު ހުޝާމް، މުޙައްމަދު އަފްރާޝް އައްސަދު، އަދި ޙުސައިން ޙަލީމް އެވެ.  

ކްލަބް މެޓްރިކްސްގެ 3 ކުޅުން ތެރިން ހޮވިފައިވެއެވެ. އެއީ، އިބްރާހީމް އިޔާޒް، އަހްމަދު އަިޝަން ރަޝީދު އަދި އިސްމާޢީލް ފަރުޙާންއެވެ. 

"ޕްލޭޔަރ އޮފްދަ ސީރީޒްގެ މަޤާމް ޙާޞިލްކުރީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ގެ ޙުސައިން ސަވީލް އެވެ.

މިއަދު އޮންލައިން