މައިލޯ ނެޓްބޯލް ޓޫނަމަންޓްގެ ރޭ ކުޅުނު 2 މެޗް ކޭވައިއާރުސީ އާ ކްލަބް ގްރީން ސްޓްރީޓްސް އިން ކާމިޔާބުކޮށްފިއެވެ.

ސެމީ ފައިނަލްގައި ކްލަބް ޝައިނިންގ ސްޓާރ އާއި ބައްދަލުކޮށް ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އިން މެޗް ކާމިޔާބުކޮށްފައިވަނީ 37/46 ޕޮއިންޓުންނެވެ. މެޗުގެ ކްޔީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ގެ އީމ ޢަބްދުއްސައްތާރުއެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރީ ކްލަބް ގްރީން ސްޓްރީޓްސް އާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ. މިމެޗް 37/ 64 ޕޮއިންޓުން ކާމިޔާބުކުރީ ކްލަބް ގްރީން ސްޓްރީޓްސްއެވެ. މެޗުގެ ކްޔީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ކްލަބް ގްރީން ސްޓްރީޓްސްގެ ޖީކޭއެސް ޑސަނަޔަކައެވެ.