މޫނު ވަތަށްލައި ނަކައިގެތެރޭގަ ދަމާފައި ގެންދެވޭ ވަގުތު އިޙްސާސްވާނެ ވޭނާއި ތަދު ތަޞައްވުރުވެސް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
މޫނު ވަތަށްލައި ނަކައިގެތެރޭގަ ދަމާފައި ގެންދެވޭ ވަގުތު އިޙްސާސްވާނެ ވޭނާއި ތަދު ތަޞައްވުރުވެސް ނުކުރެވޭނެ!

"ހަމަކަށަވަރުން، ކުށްވެރިންވަނީ، މަގުފުރެދުމެއްގައެވެ. އަދި އަނދައަނދާ ހުންނަ ނަރަކައިގެ އަލިފާނުގައެވެ. (47) (އެއީ) އެއުރެންގެ މޫނުތައް ވަތަށްލައި، ނަރަކައިގެ ތެރޭގައި ދަމައި، ގެންދަވާދުވަހެވެ. (އަދި އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާންގަނޑު ބީހުމުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!" سورة القمر ٤٧-٤٨

މިއީ ކީރިތި ޤރުއާނުގައި ބަޔާންވެގެންވާ އާޔަތްތަކެވެ. ކިޔަވަމުންދާއިރު މާނަކިޔައިލާނެ ނަމައެވެ. ހިތަށް ބިރުވެރިކަމެއް ވަދޭތޯއެވެ! 

މިއާޔަތްތައް އަޅުގަނޑުމެން މިތިބީ ޤަބޫލުކޮށްގެންނެވެ. ނަމަވެސް ޤަބޫލުކުރެވުމަކީ މިފަދަ އާޔަތްތަކުގައިވާ ކަންކަމަށް ބިރުވެތިވެ ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމެވެ. ނޫންނަމަ ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ޖެހޭނީ އާޔަތުގައިވާފަދައިން ނަރަކައިގައި މޫނުވަތަށްއޮވެގެން ދެމެން ނޫންހެއްޔެވެ؟

މިއަދު އޮންލައިން