މައިލޯ ނެޓްބޯލް ޓޫނަމަންޓްގެ ކުޅުނު މެޗްތައް ކުލަބް ގްރިން ސްޓްރީޓްސް އާއި ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އިން ކާމިޔާބުކޮށްފިއެވެ.

މަހިބަދޫ ސްޕޯޓްސް ކަލަބާއި ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ބައްދަލުކުރި މެޗް 15/57 ޕޮއިންޓުން ކާމިޔާބުކުރީ ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ)އެވެ. މެޗްގެ ކްއީން އޮފް ދަ މެޗްގެ މަޤާމް ހޯދީ ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ޝިޒްނާ ރަޝީދު އެވެ.

ކްލަބް ގްރީން ސްޓްރީޓްސް އާއި ޝައިނިންގ ސްޓާރ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗް 32/38 ޕޮއިންޓުން ކާމިޔާބުކުރީ ކްލްބް ގްރީން ސްޓްރީޓްސް އެވެ. މެޗްގެ ކްއީން އޮފް ދަ މެޗްގެ މަޤާމް ހޯދީ ކްލަބް ގްރީން ސްޓްރީޓްސްގެ ޖީކޭއެސް ޑިސަނަޔަކައެވެ.