ޝައިޠޯނާގެ ކިބައިން ސަލާމަތްވާން އަޢޫޛް ކިޔަން ފެށުމުން ޝައިޠޯނާ ދިއައީ ވިރިގެން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޝައިޠޯނާގެ ކިބައިން ސަލާމަތްވާން އަޢޫޛް ކިޔަން ފެށުމުން ޝައިޠޯނާ ދިއައީ ވިރިގެން-

"ހިނގާފައި ދަނިކޮށް އަޅުގަނޑުގެ ފަހަތުން އެއްޗެތި ގޮވަމުން އަންހެނަކު އަންނަނީއެވެ. ފުރަތަމަ ގޮވަމުން އައީ ފާހިޝް ވާހަކަތަކެކެވެ. އެނބުރި ބަލައިވެސް ނުލުމުން ދެން ގޮވަންފެށީ އަޅުގަނޑު އެންމެ ނުރުހޭނެ އެއްޗެއްސެވެ. 

އެއަޑަކީ އަޅުގަނޑަށް އެނގޭ އަޑެކެވެ. ވަރަށް ގާތް އަންހެނެއްގެ އަޑެވެ. އޭނާއަކީ އެފަދަ ބަހެއް ދުވަހަކުވެސް އަޅުގަނޑާއި ދިމާއަށް ބުނި އަންހެނެއް ނޫނެވެ! އެހެންވެ އޭނާ އެގޮތަށް ކަންތައްކުރާތީ އެއީ ހަމަ އޭނާކަން ޔަޤީންކޮށްލުމަށް އެނބުރި ފަހަތް ބަލައިލީމެވެ. ކަމަކުދާކަށް ނެތެވެ. ފަހަތުގައި ހުރި އަންހެނަކީ އެއަޑުގެ ވެރިޔާއެއް ނޫނެވެ. 

އެހެންކަމުން މިވަނީ ވަރަށް ބޮޑު ގޯހެއްކަން ވިސްނިއްޖެއެވެ. އަދި އެއީ ޝައިޠޯނެއްކަން ޔަޤީންކުރެވުމާއިއެކު ވަރަށް ބާރަށް އައޫޛް ކިޔަން ފެށީމެވެ. ކިޔަންފެށުމާއިއެކު އެޝައިޠޯނާގެ ފައިންފެށިގެން މައްޗަށް ވިރެމުން އައިސް އެކުގައި ވިރިހުސްވެއްޖެއެވެ." 

މިއީ ފަތިސްވަގުތާއި ވަރަށް ގާތްވެފައިވަނިކޮށް މިއަދުނޫހަށް ވަރަށް އިތުބާރުކުރެވޭ މީހަކަށް ފެނުނު ހުވަފެނެކެވެ. ﷲ ތައާލާގެ މަގުގައި އުޅެން މަސައްކަތްކުރާ ހެޔޮލަފާ މީހުންނަށް ފެންނަ މިފަދަ ހުވަފެންތަކަކީ ޢިބްރަތެވެ. އެއީ ހުވަފެނެކެވެ. ޝައިޠޯނާ ފައްސަންވެސް ޝައިޠޯނާ ބަލިކަށިކުރަންވެސް ކުރަން އޮތް ކަމަކީވެސް އަޢޫޛް ކިޔުމެވެ. ވީމާ އެ ހުވަފެނުގައި ވަރަށް ބޮޑު ޙަޤީޤަތެއްވާކަމަށް ޤަބޫލުކުރެވެއެވެ. 

މީސްތަކުން މިއަދު މިތިބަ ޙާލަތުން ސަލާމަތްވުމަށްޓަކައި ޢިލްމުވެރިއަކުވަނީ ޝައިޠޯނާގެ ކިބައިން ސަލާމަތް ވުމަށް ކޮންމެ ދުވަހަކު 100 ފަހަރު އަޢޫޛް ކިޔުމަށް އިލްތިމާސް ކުރައްވައިފައެވެ. އެއީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. 

ޝައިޠޯނާގެ ކިބައިން ސަލާމަތްވުމަށް ގިނަގިނައިން އަޢޫޛް ކިޔާށެވެ!

މިއަދު އޮންލައިން