ހިޔާ ފްލެޓްތައް ލިބުނު ގިނަ ބައަކު މިހާރުވަނީ އެތަނަށް ވަދެވޭނެވަރުކޮށްދޭން އެކި ކުންފުނިތަކާއި ޙަވާލުކޮށްފައެވެ. ތަފާތު އެއްބަސްވުންތައް ހަދައިގެންނެވެ، ތަފާތު ސްކީމްތަކުގެދަށުންނެވެ. ނަމަވެސް ވަރަށް ގިނަ ބައެއްގެ ޝަކުވާއަކީ އެއްބަސްވާ މުއްދަތަށް މަސައްކަތް ނިންމައި ޙަވާލުނުކުރާކަމެވެ.
ލިޔުމުގައި އެވަނީ އެކަން އެގޮތަށް ހިނގަން މެދުވެރިވާ ސަބަބެވެ. ރާއްޖޭގެ މަޝްހޫރު ކުންފުންޏަކާއި މަސައްކަތް ހަވާކޮށްފައިވާ އެފްލެޓްގެ ވެރިމީހާ ފްލެޓް ބަލައިލަން ފަތިހު ދިއައިރު ތަން ފުރެންދެން މީހުން ތިބީ ނިދާފައެވެ. ތަންފުރިގެން ހަދަމުންދާ ކަބަޑްސެޓު ފަދަ ތަކެތީގެ ދަށުގައިވެސް ނިދަނީއެވެ.
އެފްލެޓުގައި ނިދަން ތިބި މީހުންގެ ޢަދަދަށް ބެލުމުން އެއެންމެންނަކީ އެތަނުގައި މަސައްކަތްކުރާ މީހުން ކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެއީ އެހައިގިނަ މީހުން މަސައްކަތްކުރާނަމަ އެއްބަސްވުމުގެ މުއްދަތުގެ މާކުރިން މަސައްކަތް ނިންމައި ޢިމާރާތުގެ ވެރިފަރާތާއި ޙަވާލުކުރެވޭނެތީއެވެ.
އެތަނުގައި ނިދާ ސަބަބާއިމެދު ނިދަންތިބިމީހުންނާއި ސުވާލުކުރުމުން ބުނީ އެމީހުންނަކީ ވެސް އިންސާނުން ކަމަށާއި ކޮންމެވެސް ތަނެއްގައި ނިދަންޖެހޭނެ ނޫންތޯ އެވެ. އެހިސާބުން އެމީހުން އެތަނުން ނެރުނުނަމަ ހިޔުމަން ރައިޓްސް ކޮމިޝަނުން އެމީހަކާއިމެދު އަޅާނީ ކޮންފަދަ ފިޔަވަޅެއްކަމެއް ނޭނގެއެވެ. ނަމަވެސް މިގޮތަށް ތިބޭ މީހުން ފްލެޓްތަކުން ވައްކަންކޮށް ޤާނޫނުގައި މަނާކަންކަންކުރުން ހުއްޓުވަން އެކޮމިޝަނުން މިހައިތަނަށް ކުރި މަސައްކަތެއް އެނގިފައެއް ނެތެވެ.
ގުޅުންހުރި ވީޑިއޯ: