އިސްލާމީ ޔުނިވަރސިޓީގެ 5 ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި- 3 ދަރިވަރުން ޕީއެޗްޑީ ޙާޞިލްކޮށްފި!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 6މ
އިސްލާމީ ޔުނިވަރސިޓީގެ 5 ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި- 3 ދަރިވަރުން ޕީއެޗްޑީ ޙާޞިލްކޮށްފި!

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 05 ވަނަ ދަސްވެނިވުމުގެ ޙަފްލާ  ބާއްވައިފިއެވެ. ހަފްލާ ބާއްވާފައިވަނީ  17 އޮކްޓޫބަރ 2021 ން 18 އޮކްޓޫބަރ 2021 އަށް، 4 ސެޝަނަކަށް ބަހާލެވިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ.

މި ޙަފްލާގައި 2019 އަދި 2020 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކޯސްތައް ފުރިހަމަކުރެއްވި ދަރިވަރުންނަށް ދަރަޖަދެއްވާ ސަނަދު ޙަވާލުކުރެވުނެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 05 ވަނަ ދަސްވެނިވުމުގެ ޙަފްލާ ގެ ސެޝަންތައް ޝަރަފުވެރި ކޮށްދެއްވީ 

¬    މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ޑރ. އިބްރާހީމް ޙަސަން

¬  ޑރ. ޢަބްދުއްސައްތާރު ޔޫސުފް

¬    ނިޝާން އިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ، އައްބާސް އިބްރާހީމް، 

އަދި ދިގު މުއްދަތެއްގައި ތައުލީމީ ދާއިރާއަށް ޚިދުމަތްކުރައްވާފައިވާ ޑރ. މުޙައްމަދު ލަޠީފްއެވެ. 

ޝަރަފުވެރި މެހެމާނުންގެ އިތުރުން މި ޙަފްލާގައި ޔުނިވަރސިޓީގެ މަޖިލިސް މެންބަރުން އަދި ޔުނިވަރސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2019 ވަނަ އަހަރު 406 ދަރިވަރުން ދަސްވެނިވެފައިވެއެވެ. އަދި މީގެ އިތުރުން މި ޙަފްލާގައި 331 ދަރިވަރުން ސެޓްފިކެޓް ޙާސިލުކޮށްފައިވެއެވެ؛

¬    މާސްޓާރސް ލެވެލްގެ 185 ދަރިވަރުން

¬    ޕޯސްޓްގްރެޖުއޭޓް ލެވެލްގެ 50 ދަރިވަރުން

¬    ޑިގްރީ ލެވެލްގެ 133 ދަރިވަރުން

¬    ޑިޕްލޮމާ ލެވެލްގެ 38 ދަރިވަރުން

¬    މީގެ އިތުރުން ސެޓްފިކެޓް ލެވެލްގެ 331 ދަރިވަރުން ހިމެނެއެވެ. 

އަދި 2020 ވަނަ އަހަރު 377 ދަރިވަރުން ދަސްވެނިވެ، 269 ދަރިވަރުން ސެޓްފިކެޓް ޙާސިލުކޮށްފައިވެއެވެ؛

¬    ޕީ.އެޗް.ޑީ ލެވެލްގެ 3 ދަރިވަރުން

¬    މާސްޓާރސް ލެވެލްގެ 175 ދަރިވަރުން

¬    ޕޯސްޓްގްރެޖުއޭޓް ލެވެލްގެ 31 ދަރިވަރުން

¬    ޑިގްރީ ލެވެލްގެ 133 ދަރިވަރުން

¬    ޑިޕްލޮމާ ލެވެލްގެ 36 ދަރިވަރުން

¬    މީގެ އިތުރުން ސެޓްފިކެޓް ލެވެލްގެ 269 ދަރިވަރުން ހިމެނެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 05 ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ދޭ އެންމެ ޝަރަފުވެރި ޢިނާމުތަކުގެ ތެރޭގައި ހިމެނޭ 1 ވަނަ ދަރިވަރުގެ އިނާމު، "ބެސްޓް ސްޓޫޑެންޓް އެވޯރޑު" 14 (ސާދަ) ދަރިވަރުން ޙާސިލުކޮށްފައިވެއެވެ.

މި އެވޯޑްގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް، ޔުނިވަރސިޓީގެ ފަރާތުންދޭ ހަނދާނީ ފިލާ، ޔުނިވަރސިޓީގެ ފަރާތުން ދޭ ސެޓްފިކެޓް، ޔުނިވަރސިޓީގެ ފަރާތުން ދޭ ޢިލްމީ ޚަޒާނާ، އަދި ޔުނިވަރސިޓީގައި ކިޔަވައިދޭ ޢިލްމީ ޕްރޮގްރާމްތަކުގެ ތެރެއިން، އެދަރިވަރަކު އިޚްތިޔާރުކުރާ ޕްރޮގްރާމެއްގައި ބައިވެރިވެ ސަނަދު ޙާޞިލުކުރުމަށްޓަކައި ދެވޭ ޓިއުޝަން-ފްރީ ސްކޮލަރޝިޕެއް ހިމެނެއެވެ.

މި ޝަރަފުވެރި ޢިނާމުތައް، އޭގެ ޙައްޤުވެރި ދަރިވަރުންނަށް، ޙަވާލުކޮށްދެއްވީ މި ޙަފްލާގެ 4 ވަނަ ސެޝަންގެ ޝަރަފުވެރި މެހުމާން، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަންއެވެ.

2020 ވަނަ އަހަރުގެ ކޯހުން 1 ވަނަ ދަރިވަރުގެ އިނާމު ޙާސިލުކުރި ދަރިވަރުންނަކީ؛

1. ޑިޕްލޮމާ އިން އެރެބިކް ލޭންގުއޭޖް ފޮރ އިސްލާމިކް ސްޓަޑީޒް ކޯހުގެ ދަރިވަރު، އަލްމަރްޙޫމް ސުޢޫދު މުޙައްމަދުފުޅު، ހ. މާވަރުހުރާ/ މާލެ

2. ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ކޯހުގެ ދަރިވަރު، ޢާއިޝަތު ޢަފާ، ހަވާނާ/ ރ. އަލިފުށި

3. ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް ވިތު އޮނަރސް ކޯހުގެ ދަރިވަރު، ސަޢާދާ އިބްރާހީމް، ބިންމާގެ/ ނ. މާޅެންދޫ

4. ބެޗްލަރ އޮފް ޓީޗިންގް ޤުރުއާން ކޯހުގެ ދަރިވަރު، ޝަމިލާ އިދުރީސް، ހިރުދުމާގެ/ ބ. ކެންދޫ

5. މާސްޓަރ އޮފް އަރޓްސް އިން ޤުރްއާނިކް ސައިންސަސް ކޯހުގެ ދަރިވަރު، ޙުސައިން ރުޝްދީ، ކަންމަތީގެ/ ނ. މިލަދޫ

6. މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ލީޑަރޝިޕް ކޯހުގެ ދަރިވަރު، އަޙްމަދު އަމީން، ދަފްތަރު ނަންބަރު ރސ 13923

7. މާސްޓަރ އޮފް ޓީޗިންގް އެންޑް ލަރނިންގ ކޯހުގެ ދަރިވަރު، ޢަބްދުއްސަލާމް ޢަބްދުލްޙަމީދު، ތުނޑި. ވީނަސްއަލި/ ލ. ގަން 

އަދި 2021 ވަނަ އަހަރުގެ ކޯހުން 1 ވަނަ ދަރިވަރުގެ އިނާމު ޙާސިލުކުރި ދަރިވަރުންނަކީ؛

1.      ޑިޕްލޮމާ އިން އެރަބިކް ލޭންގުއޭޖް ފޮރ އިސްލާމިކް ސްޓަޑީޒް ކޯހުގެ ދަރިވަރު، ޒުލައިޚާ އިބްރާހީމް، ގުލްޗަބޭލީގެ/ ސ. ހިތަދޫ

2.      ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ކޯހުގެ ދަރިވަރު، ސަމާޙް އަޙްމަދު، މަނަސް/ ހއ. ދިއްދޫ

3.      ބެޗްލަރ އޮފް ޓީޗިންގ ޤުރްއާން ކޯހުގެ ދަރިވަރު، ޢަލީ ރިޟުވާން، ކަށިމާގެ/ އދ. މާމިގިލި

4.      ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ ކޯހުގެ ދަރިވަރު، އާމިނަތު ޖުމާނާ، ނަލަހިޔާގެ/ ހދ. ނެއްލައިދޫ

5.      މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީ ކޯހުގެ ދަރިވަރު، މުޙައްމަދު އިމްތިޠާއު ޢައްބާސް، ޑްރީމީލައިފް/ ނ. ހޮޅުދޫ

6.      މާސްޓަރ އޮފް ޓީޗިންގް އެންޑް ލަރނިންގ ކޯހުގެ ދަރިވަރު، ނަޝާޔާ ރަޝީދު، ގުލާބީވިލާ/ ގދ. ފިޔޯރީ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަށްދޭ ދޭ "އެކްސަލެންސް އެވޯރޑް" ގެ ޙައްޤުވެރި ދަރިވަރުންނަށް، ޙަވާލުކޮށްދެއްވީ މި ޙަފްލާގެ 4 ވަނަ ސެޝަންގެ ޝަރަފުވެރި މެހުމާން، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަންއެވެ.

މި އެވޯޑުގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް އަދި ރާއްޖެއިންނާއި ރާއްޖެއިންބޭރުގެ ޔުނިވަރސިޓީތަކުގެ ތެރެއިން ދިވެހިރާއްޖޭގެ އެކަޑެމިކް ބޯޑުން ލިސްޓުކޮށްފައިވާ ޔުނިވަރސިޓީތަކުގެ ތެރެއިން އެދަރިވަރަކު އިޚްތިޔާރުކުރާ ޕްރޮގްރާމެއްގައި ބައިވެރިވެ ސަނަދު ޙާޞިލުކުރުމަށްޓަކައި ދެވޭ ފުރިހަމަ ސްކޮލަރޝިޕެއް ހިމެނެއެވެ.

2020 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ އިނާމު ޙާސިލުކުރީ ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް ވިތު އޮނަރސް ކޯހުގެ ދަރިވަރު، ސަޢާދާ އިބްރާހީމް (ބިންމާގެ/ ނ. މާޅެންދޫ) އެވެ.

އަދި 2021 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ އިނާމު ޙާސިލުކުރީ ބެޗްލަރ އޮފް ޓީޗިންގ ޤުރްއާން ކޯހުގެ ދަރިވަރު، ޢަލީ ރިޟުވާން (ކަށިމާގެ/ އދ. މާމިގިލި) އެވެ.

 

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް އަދި ރާއްޖެއިންނާއި ރާއްޖެއިންބޭރުގެ ޔުނިވަރސިޓީތަކުގެ ތެރެއިން ދިވެހިރާއްޖޭގެ އެކަޑެމިކް ބޯޑުން ލިސްޓުކޮށްފައިވާ ޔުނިވަރސިޓީތަކުގެ ތެރެއިން އެދަރިވަރަކު އިޚްތިޔާރުކުރާ ޕްރޮގްރާމެއްގައި ބައިވެރިވެ ސަނަދު ޙާޞިލުކުރުމަށްޓަކައި ދެވޭ ފުރިހަމަ ސްކޮލަރޝިޕްގެ ޙައްޤުވާ ފަރާތްތަކަކީ މިދަރިވަރުންނެވެ.

މިއަދު އޮންލައިން