ކެޕްޓަންގެ ޚާއްޞަ އިލްތިމާސެއް ރައްޔިތުންނަށް- ހެޔޮދުޢާކޮށްދެއްވާ- ތަށި ނުނެގެންވީ ސަބަބެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކެޕްޓަންގެ ޚާއްޞަ އިލްތިމާސެއް ރައްޔިތުންނަށް- ހެޔޮދުޢާކޮށްދެއްވާ- ތަށި ނުނެގެންވީ ސަބަބެއް ނެތް!

އުރީދޫ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ކުޅޭ ދިވެހި ޤައުމީ ޓީމުގެ ކެޕްޓަން ޓީމުގެ ސަޕޯޓަރުންނަށާއި ޢާންމުކޮށް ހުރިހާ ރައްޔިތުންނަށް ޚާއްޞަ އިލްތިމާސެއް ކޮށްފިއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ އެދުނީ ޓީމަށްޓަކައި އެންމެންވެސް ހެޔޮދުޢާކޮށްދިނުމަށެވެ.  

އަކްރަމް ބުނީ "ދުއާ ކޮށްދެއްވާ! ދުއާގެ ނަތީޖާ މާދަމާރޭގެ މެޗުގައި ވެސް އިންޝާﷲ ފައިނަލް މެޗުގައި ވެސް ފެންނާނެ،" ކަމަށާއި އެގޮތުގައި ސަޕޯޓަރުން ތިބިނަމަ މުބާރާތުގެ ތަށި ރާއްޖެއަށް ކާމިޔާބުނުކުރެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. 

ރާއްޖޭގައި ކިތަންމެ ގިނަ ކުޅިވަރުތައް ކުޅުނު ނަމަވެސް ދިވެހިންގެ ލެޔާއި އެންމެ ބޮޑަށް ގުޅިފައިވާ ކުޅިވަރަކީ ފުޓްބޯޅައެވެ. ގަލޮޅު ދަނޑުގައި މާދަމާރޭ ކުޅެން ހަމަޖެހިފައިވާ ރާއްޖެ އާ އިންޑިއާ ބައްދަލުކުރާ މެޗަށް ސަޕޯޓްކުރަން މިހާރުވެސް ގެންދަނީ ތަފާތު ޙަރަކާތްތައް ހިންގަމުންނެވެ. 

އަކްރަމް ބުނެފައިވަނީ ޓިކެޓް ނުލިބިގެން ދަނޑަށް ނުވަދެވުނު ނަމަވެސް އެމީހަކު ހުރިތަނެއްގައި ހުރެގެން ޓީމަށް ސަޕޯޓްކޮށް ހެޔޮދުޢާކޮށްދިނުމަށް އެދޭ ކަމަށެވެ.

މިއަދު އޮންލައިން