ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީއާއި މޯލްޑިވްސް އިސްލާމިކް ބޭންކް އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެމްއޯޔޫގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންސް އޮފިސާރ އަލްފާޟިލް އަލީ ވާސިފްއެވެ.
މިއަދު މި ވެވުނު އެއްބަސްވުމުގެ ދަށުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޗެރިޓީ ފަންޑް ބެލެހެއްޓުމުގެ ޒިންމާ ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީއާއި ހަވާލުކުރެވުނެވެ.
އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވުނު މި ރސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި އަދި އިސްފަރާތްތަށް ބައިވެރިވެ ވަޑައިގެންނެވިއެވެ.