ބައެއް ޢިލްމްވެރިންނަށާ ބޮޑާ މީހުންނަށް މިއީ ފިލާވަޅެއް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 43ސ
ބައެއް ޢިލްމްވެރިންނަށާ ބޮޑާ މީހުންނަށް މިއީ ފިލާވަޅެއް!

އިސްލާމް ދީނަށް ލޯބި ކުރެއްވެވި ދީނީ ޢީލްމުވެރިން ދިރިއުޅުއްވަވާފައިވަނީ ވަރަށް އާދައިގެ ފެންވަރެއްގައެވެ. ވަރަށް އާދައިގެ ގޮތަކަށެވެ. އެކަމުގެ ކުޑަ މިސާލެއް ބުނެދޭނަމެވެ. 

އިންޑިއާގެ މަޝްހޫރު ދީނީ ޢިލްމުވެރިއަކާއި ބައްދަލުކުރަން ބައަކު ދިއައެވެ. އެމީހުން ދިއުމުން މުސްކުޅި އުމުރުގެ ފިރިހެނަކު ނުކުމެ އެމީހުންގެ އަތް ދޮވުމަށް ފެން ދިނެވެ. އެއަށްފަހު ހަމަ އެމީހާ ކާންހަދައި ކާން ދިނެވެ. ކައި ނިމިގެން ޢިލްމުވެރިޔާ އާއި ބައްދަލުކުރަން އެދުމުން ހަމަ އެމީހާ ބުނީ ޢިލްމުވެރިޔާއަކީ ވެސް ތިމަންނާ ކަމަށެވެ. އަދި އެމީހުން އޮޅުންފިލުވަން ބޭނުންވި ކަންކަން އެމީހުން އަޖައިބުވާހައި ފުރިހަމައަށް ބަޔާންކޮށްދެއްވެވިއެވެ. 

މިފަދަ ކަންކަމަކީ މުސްލިމުން މިއަދުވެސް ޢިބްރަތް ހާޞިލުކުރަން ޖެހޭނެ ކަންކަމެވެ. 

- ޑރ. ޢަބްދުﷲ ޙާކިމް ކްއިކްގެ ދަރުސަކުން

މިއަދު އޮންލައިން