ނަމާދުގަ އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަންކަމަށް ފަރުވާތެރިނުވެ ކުރާނަމާދުން ކުރާނެ ފައިދާއެއް ނެތެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ނަމާދުގަ އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަންކަމަށް ފަރުވާތެރިނުވެ ކުރާނަމާދުން ކުރާނެ ފައިދާއެއް ނެތެވެ!: ޝައިޚް އަބޫބަކުރު ޒައުދު

ފުރަތަމަ ބަލައިލަންވީ އިޙްޞާންތެރިކަމަށެވެ. އިޙްޞާންތެރިކަމުގައި 2 ދަރަޖައެއް ވެއެވެ. އެއީ 

1- ތިމާއަށް ﷲ ތަޢާލާ ފެންނަ ކަމުގެ އިޙްޞާޞް ހިތަށް ކުރެވުން. 2- ތިމާ ކުރާ ކަންކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ހިތަށް ގެނެވުންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

ދެން މިބަލައިލަނީ ނަމާދުގައި އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ބައެއް ކަންކަމަށެވެ. 

1 ނަމާދުގެ ވަގުތުގަ ފަރާތްފަރާތަށް ބެލުން. (ބަލަންވާނީ ސަޖިދަކުރާ ތަނަށެވެ.) 

2 މައްޗަށް ބެލުން (މައްޗަށް ބެލުމަކީ ލޮލުގެ ފެނުން ގެންދަވައިފާނެ ކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.) 

3 ނަމާދަށް ހުރެ ކެއިން، ބުއިން 

4 ނަމާދުން ބޭރު ބަހެއް ބުނެގެން ނުވާނެ. މީހަކު ވާހަކަ ދެއްކިޔަސް ޖަވާބުވެސް ދީގެން ނުވާނެ.

5 ކުރިމައްޗަށް ކުޅުޖައިގެން ނުވާނެ. ކޮންމެހެން ކުޅު ޖަހަން ޖެހިއްޖެނަމަ ތިމާގެ އަމިއްލަ ފޭރާމަށް ކުޅު ޖަހާށެވެ!

މިހުރިހާ ކަންކަން މިގޮތަށް މަނާވެފައި މިވަނީ ނަމާދަށް ހުންނައިރު ﷲ ތަޢާލާ ތިބާއަށް ބައްލަވައިވޮޑިގެންވާތީއެވެ. މިއިން ކަމެއް ކޮށްފިނަމަ އެއީ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙުރުމަތް ކަނޑާލުން ކަމުގައިވާތީއެވެ! ނަމާދުގައި ކިޔާ ތަކެއްޗަކީ ﷲ ތަޢާލާ އާއި ކުރެވޭ މުޢާމަލާތުތަކަކަށްވާތީއެވެ. 

ވީމާ ނަމާދަށްހުރެ އެއްގޮތަކަށްވެސް މިއިން އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެކަންކަމަށް ފަރުވާތެރިނުވެ ކުރާނަމާދުން ކުރާނެ ފައިދާއެއް ނެތެވެ!.

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން