އެޗްޕީއޭ އާ ފުލުހުން ނުކުރާކަމެއް އިމާމުން ލައްވާ މިސްކިތްތަކުގަ އިސްލާމިކް މިނިސްޓަރު ކުރުވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އެޗްޕީއޭ އާ ފުލުހުން ނުކުރާކަމެއް އިމާމުން ލައްވާ މިސްކިތްތަކުގަ އިސްލާމިކް މިނިސްޓަރު ކުރުވަނީ ކީއްވެ؟

މިސްކިތްތަކުގައި ޖަމާއަތުގައި ކުރާ ނަމާދު ކުރަން ތިބެންޖެހޭ މަޤާމު އެންގުމަށް މިސްކިތްތަކުގައި ޖެހި އިބިލީސް ފާހަގަތައް މިހާރުވަނީ ނަގައިފައެވެ. ނަމަވެސް ގިނަ އިމާމުން އަދިވެސް ތިބީ ސުންނަތާ އެއްގޮތަށް ސަފުހަދަން ބިރުންނެވެ. 

މިއަދުގެ ހުކުރު ނަމާދަށް ސަފުހެދުމުގައިވެސް އެބާވަތުގެ ކަމެއް މެދުވެރިއެވެ. އިމާމް ވިދާޅުވ ހަމައެކަނި މާސްކް އެޅުމަށެވެ. އެހެން އެއްވެސް ނަޞޭޙަތެއް ނުދެއްވައެވެ. ނަމާދު ނިމިގެން ދެންނެވީމެވެ. 

"ކެފޭ ރެސްޓޯރަންޓްތަކުގައި 3،4 ގަޑިއިރު މާސްކް ނާޅައި އެކަކު އަނެކަކަށް ކުރިމަތިލައިގެން ތިބޭއިރު މާސްކް އަޅަން އަނގާކަށް އެޗްޕީއޭއަކުވެސް ނާދެއެވެ. ފުލުހުންނެއްވެސް ނުދެއެވެ. ދެން 7 މިނިޓް އެކަކު އަނެކަކަށް މޫނާއިމޫނު ކުރިމަތިނުކޮށް ތިބޭވަގުތުކޮޅުގަ މާސްކައަޅަން އިމާމް ތިއަ އަނގަވަނީ ކީއްވެގެންތޯ؟" 

އިމާމް ވިދާޅުވިއެވެ. : "މިއީ މިސްޓަރު އަނގަވައިގެން ކުރާ ކަމެކެވެ." 

އަޅުގަނޑު ދެންނެވީމެވެ. : "ޢިއްޒަތްތެރި އިމާމްއެވެ! ޤިޔާމަތްދުވަހު ޖަވާބުދާރީވާންޖެހޭނީ އިސްލާމިކް މިނިސްޓަރަކަށް ނޫނެއް ނޫންތޯއެވެ؟ އިސްލާމް ދީން ބާވައިލެއްވެވި ﷲ ތަޢާލާއަށް ނޫންތޯއެވެ؟" 

އެހިސާބުން ދެމީހުންވެސް ހިނިތުންވެލާފައި އެކުވެރިކަމާއިއެކު ކުރުކޮށްލީއެވެ. 2020 ގެ ނުރައްކައުތެރި ބިދުޢައިން ސަލާމަތްކޮށްދޭނެ ހިތްވަރު ހުރި އިސްލާމިކް މިނިސްޓްރީއެއް ދެއްވެވުން އެދި ހުރިހާ ބޭފުޅުންވެސް ދުޢާކުރައްވާށެވެ. ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރެވެން އޮތީ އެއިރުންނެވެ!

މިއަދު އޮންލައިން