ކަނބަލުންނަށް ޚާއްޞަ!: ހިފާ ކޮންމެ ރޯދައެއްގެ ޘަވާބު ދެގުނަކުރެވެން އޮތް ރަނުގެ ފުރުޞަތު ގެއްލިދަނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 59ސ
ކަނބަލުންނަށް ޚާއްޞަ!: ހިފާ ކޮންމެ ރޯދައެއްގެ ޘަވާބު ދެގުނަކުރެވެން އޮތް ރަނުގެ ފުރުޞަތު ގެއްލިދަނީ!

ގިނަ މީހުން އަބަދުވެސް އުޅެނީ ކުރާނެ އައު އަޅުކަމެއް ނުފެނިގެންނެވެ. ކުރާނެ އައު ދުޢާއެއް ނުފެނިގެންނެވެ. އައު އަޅުކަމާ އައު ދުޢާތައް ހޯދާނީ ކިހިނަކުންހެއްޔެވެ؟ އެއީ އިތުރުވަމުންދާ ކަންކަމެއް ނޫނެވެ.

ކުރިމަތިވެ އަހަރެމެންނާއި ވަކިވަމުން މިދާ ހެޔޮކަމުގެ މޫސުމާއިމެދު މިފަދަ މީހުން ނުވިސްނަނީ ކީއްވެގެންބާވައެވެ.! ހިނގަމުންމިދާ ޛުލްޙިއްޖާ މަހުގެ ފުރަތަމަ 9 ދުވަހަކީ ރޯދަ ހިފުން އިތުރުކަންބޮޑު 9 ދުވަހެވެ. އެދުވަސްތަކުގައި ރަސޫލް (ﷺ) ރޯދައަށް ހުންނެވިއެވެ.

ތަފާތު ސަބަބުތަކާއި ހުރެ ފާއިތުވި ރަމަޟާން މަހު އެކި އަދަދުތަކުން ރޯދަ ނުހިފުނު އެތައް ބައަކު ތިބޭނެއެވެ. މިދުވަސްތަކުގައި ޤަޟާ ރޯދަ ހިފާށެވެ. އެއިރުން ﷲ ތައާލާ އެންމެ ޙުރުމަތްތެރި ކުރެއްވެވި މި ދުވަސްތަކުގައި ރޯދަ ހިފިކަމުގެ ސަވާބާއި އަދި ފާއިތުވެފައިވާ ރޯދަ ޤަޟާކުރިކަމުގެ ސަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ!

ގެއްލެމުން މިދަނީ ކިހައި އަގުހުރި ދުވަސްތަކެއް ހެއްޔެވެ؟ ކިހައި މުހިންމު ފުރުޞަތެއް ހެއްޔެވެ؟ ފުރުޞަތު ނަންގަވާ ނުލައްވައި ފައިދާ ދެގުނަ ކޮށްލައްވަން މަސައްކަތް ކުރެއްވުން ކީއްތޯއެވެ؟ ޚާއްޞަކޮށް ހުރިހާ ކަނބަލުންވެސް މިއަޑު އައްސަވާނެ ކަމަށް އުންމީދުކުރަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން